ހުސައިން ޝަމީމް

ނައިބު ރައީސްގެ ވަކީލު ސަސްޕެންޑްކޮށްފި

Nov 4, 2015
5

ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައި ހުންނެވި ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް، ސަސްޕެންޑް ކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ކޯޓުތަކުގައި ވަކާލާތުކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަގުތީ ގޮތުން ޝަމީމަށް މަނާ ކޮށްފައިވާ ކަމަށާއި އެ ފިޔަވަޅު އެޅީ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން އަމަލުކުރަންޖެހޭ ގަވައިދުތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ސާކިއުލާގެ ދަށުން އެ ކޯޓުން ނެރެފައިވާ ގަވައިދުގެ 3.2 ގެ އަކުރު (ހ) އާއި (ނ) އާއި (ރ) އާއި (ބ) އާއި (މ) ގައި ބުނާ ކަންކަމާ ޝަމީމް ހިލާފުވެވަޑައިގެންނެވި މައްސަލައެއް ސުޕްރީމް ކޯޓުން ބަލާތީ އެ މައްސަލައާމެދު އެ ކޯޓުން ގޮތެއް ނިންމަން ދެން ކަމަށެވެ.

ސުޕްރީމް ކޯޓުން ޝަމީމް ސަސްޕެންޑް ކުރިއިރު މިހާރު ވެސް އޭނާއަކަށް ކްރިމިނަލް ކޯޓަކަށް ނުވަދެ އެވެ. އަދި ސުޕްރީމް ކޯޓަށް ހާޒިރުވާން މިއަދި އެންގުމުން ރަށުން ބޭރުގައި ހުންނެވުމުން ކޯޓަށް މިއަދު ވަޑައިގެންފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން އ ފިޔަވަޅު އެޅި އިރު ޝަމީމުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެ އެވެ.