އެލްޖީ ސްމާޓްފޯން ވިޔަފާރި ހުއްޓާލައިފި އެވެ. އެހެން ނަމަވެސް ބުނީ މާކެޓްގައި މިހާރު ހުރި ސްމާޓްފޯންތަކަށް ސޮފްޓްވެއާ އަޕްޑޭޓް ދޭނެ ކަމަށެވެ. މަޝްރަހުގައި މިހާރު ބުނެވެނީ މިއީ ދަމަހައްޓަން އެލްޖީއަށް ތަކުލީފަކަށް ވާނެ ވައުދެއް ކަމަށެވެ.
އެލްޖީ ސްމާާޓްފޯން ވިޔަފާރި ހުއްޓާލުމުގެ ކުރިން ސްމާޓްފޯން ވިޔަފާރި ވިއްކާލަން މަސައްކަތްކުރި އެވެ. އެހެން ނަަވަމެސް ކޮޅެއްގައި ނުޖެހި މިހާރު ވަނީ ވިޔަފާރިން މުޅިން ބޭރުވެފަ އެވެ.
އެލްޖީ މަރުކާއަކީ ބޭނުންކުރާ މީހުން ލޯބި ކުރާ ފާހަގައެއް ނަމަވެސް ސްމާޓް ފޯން ވިޔަފާރިއާ ދިމާއަށް އިންވެސްޓަރުން ދާން ބޭނުންނުވި ސަބަބެއް ކަމަށް ބެލެެވެނީ މި ވިޔަފާރިން އެލްޖީއަށް ތަކުރާރުކޮށް ގެންލުންވެފައި ވާތީ އެވެ.
އެލްޖީ އަކީ ވާދަވެރި މާކެޓަށް ނުފަރިތަ ކުންފުންޏެއް ކަމަށް ބުނެވިދާނެ އެވެ. ސްމާޓް ފޯން މާކެޓް ކުރުމުގައި ވަންޕްލަސް، ޝޯމީ އަދި ވާވޭ ފަދަަ ކުންނިތަކާ ކައިރި ވެސް ނުކުރެ އެވެ. އަނެއްކޮޅުން އޯއެސް / ސޮފްޓްވެއާ އަޕްޑޭޓް ދިނުމުގައި އާންމު ހާލަތުގައި ވެސް ލަސް ކުންފުންޏެކެވެ. އެހެން ކަމުން ވިޔަފާރު ހުއްޓާލުމަށް ފަހު މާކެޓްގަައި ފޯނުތަކާ މެދު މާބޮޑަށް ވިސްނާނެ ކަމަކަށް ނުބެލެވެ އެވެ.
އެލްޖީ ފޯނުތަކުގެ ތެރެއިން އެންޑްރޮއިޑް 11 އަށް އަޕްޑޭޓް ކޮށްދީފައި ވަނީ ވެސް މަދު ފޯނެކެވެ. އޯއެސް އަޕްޑޭޓް ކުރަން މަގުޗާޓެއް އެކުލަވާލާފައި އޮތް ނަމަވެސް ބުނެވެނީ ދާނީ ބޮނޑު ނަގުލަށް ކަމަށެވެ.