ދިވެހިރާއްޖެއަށް ނިސްބަތްވާ ހަމައެކަނި އިންޓަނޭޝަނަލް ކޫރިއާ ބްރޭންޑް ރެޑްބޮކްސް އިން މެލޭޝިއާގައި ފްރެންޗައިސްއެއް ހުޅުވާ ދެމުންދާ ހިދުމަތްތައް ފުޅާކޮށްފިއެވެ.
މެލޭޝިއާގައި ހުޅުވުނު ފްރެންޗައިސް މެދުވެރިކޮށް އެ ގައުމުގެ ކޮންމެ ސަރަހައްދަކުން ތަކެތި ގަނެވޭނެ ކަމަށް ރެޑްބޮކްސް އިން ބުނެ އެވެ.
އެގޮތުން މެލޭޝިއާގެ ބޮޑެތި އީކޮމާސް ޕްލެޓްފޯމްތައް ކަމުގައިވާ ލަޒާޑާ، ޝޮޕީ އަދި ޕީޖީ މޯލް ފަދަ ތަންތަނުން މުދާ ގަނެވޭނެ ކަމަށް ރެޑްބޮކްސް އިން ބުނެ އެވެ. އެ ތަކެތި ރާއްޖޭގެ ކޮންމެ ރަށެއްގެ ގެއާއި ހަމައަށް ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން އަލަށް ހުޅުވި ފްރެންޗައިސް އިން އެސިސްޓެޑް ޝޮޕިންގެ ހިދުމަތްވެސް ވަނީ ތައާރަފް ކޮށްފައެވެ.
ރެޑްބޮކްސްގެ ސީއޯއޯ ހުސައިން ޝާހިދު ވިދާޅުވީ މެލޭޝިއާގައި ހުޅުވުނު ފްރެންޗައިސްގެ ސަބަބުން އެ ގައުމުން ވިޔަފާރިކޮށް ރާއްޖެއަށް ހެޔޮ އަގުތަކެއްގައި ލުއިފަސޭހަކަމާއިއެކު މުދާ ގެނެވޭނެ ކަމަށާއި، އެސިސްޓަޑް ޝޮޕިންގް ސާވިސް މެދުވެރިކޮށް ވިޔަފާރިކޮށްދިނުމުގެ ހިދުމަތްތައް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރެޑްބޮކްސްއިން ދެމުން އަންނަ އިންޓަނޭޝަނަލް ކޫރިއާގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
މެލޭޝިޔާ ރެޑްބޮކްސްގެ ހިދުމަތްތައް ހޯދުމާއި އިތުރު މާއުލޫމާތު ހޯއްދެވުމަށް ރެޑްބޮކްސްގެ ވެބްސައިޓަށް ޒިޔާރަތްކުރުމުން ލިބިގެންދާނެ އެވެ.
ރެޑްބޮކްސް އިން ވަނީ ލަންކާ، ޗައިނާ އަދި އެމެރިކާގައިވެސް ފްރެންޗައިސްތައް ހުޅުވައި އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ރެޑްބޮކްސް އަކީ 2015 ވަނަ އަހަރުން ފެށިގެން ކޫރިއާ އަދި ފްރައިޓް ފޯވާޑިންގެ ހިދުމަތްތައް ދެމުން އަންނަ ކުންފުންޔެކެވެ. އަދި މިވަގުތު ރާއްޖޭގައި ކޫރިއާ ހިދުމަތް ދެމުންދާ ކުންފުނިތަކުގެ ތެރެއިން ލޯކަލް ކޫރިއާ ލައިސަންސް އޮތް ހަމައެކަނި ދިވެހި ކުންފުންޏަކީ ވެސް ރެޑްބޮކްސް އެވެ.