ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިފްކޯ

ރޯދައަށް ބޭނުންވާ ވަރަށް މަސްދަޅު ލިބޭނެ: މިފްކޯ

Apr 7, 2021

ކޮވިޑް-19 ގެ ބަލީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަނަށް ދަތިތަކެއް ހުރި ނަމަވެސް، ރޯދަ މަހު ރާއްޖެއަށް ބޭނުންވާ ވަރަށް މަސް ދަޅު ލިބޭނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

އަވަސް އަށް ވާހަކަ ދައްވަމުން ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ މިއަދު ވިދާޅުވީ ރޯދަ މަހަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިހާރު ފެލިވަރުން ކޮވިޑް-19 ގެ ބަލި ފެނިގެން އޮޕަރޭޝަނަށް ދަތިވެފައިވީ ނަމަވެސް ދަޅު މަހުގެ ސްޓޮކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"ދެ މަސް ދުވަހަށް ބޭނުންވާ ވަރުގެ ބޮޑު ސްޓޮކެއް އެބަހުރި. އެހެންވެ ރޯދަ މަހުގެ ޑިމާންޑަށް ކޭޓާ ކުރެވޭނެ،" އިސްމާއީލް ވިދާޅުވި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފެލިވަރުގައި 156 މީހަކަށް ބަލިޖެހިފައި ވެ އެވެ. އެއީ 110 ދިވެހިންނާއި 146 ބިދޭސީންނެވެ.