އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ މާލޭގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ޕާޓީއެއް ވެސް، ކެންޑިޑޭޓެއް ވެސް ނެތުމުން ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހްމީ ވިދާޅުވެއްޖެ އެވެ.
އަލްހާންގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ސަންގު ޓީވީން މިރޭ ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ މާލޭގައި ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް އެބަހުރި ކަަމަށެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ.
އަލްހާން ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީ އެތަނުގެ ފުރިހަމަ ބާރުވެރިކަން މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންނަންޖެހޭ ކަމަށެވެ. މިވަގުތު ހުޅުމާލޭގެ ބާރުވެރިކަން އޮތީ ވިޔަފާރި ކުންފުންޏެއް ގޮތަށް ހިންގަމުންދާ އެޗްޑީސީގައި ކަމަށްވާތީ ވިޔަފާރި އުސޫލުން ހިންގާ ތަނަކުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމުގައި ވިދާޅުވި އެވެ. އޭނާ އަށް މާލޭގެ މޭޔަރު ކަން ލިބިވަޑައިގެންފިނަމަ މާލެ ސިޓީ ކައުންސިލްގެ ބާރުވެރިކަމުގެ ދަށަށް ހުޅުމާލެ ގެންނަން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެޗްޑީސީއަށް ބިން ދެނީ. އަނެއްކާ އެޗްޑީސީއަށް ޕްރޮޖެކްޓް ދެނީ. އެޗްޑީސީން ގެ އަޅަނީ. އެޗްޑީސީން ބިލްޑިން އަޅަނީ. ފްލެޓް އަޅަނީ. ހުރިހާ ކަމެއް ކުރަނީ. ދެނީ ދޭނެ ބަޔަކަށް. އޭގެފަހަތުން މިކުރަނީ ހުސް ވައްކަމާއި، ކޮރަޕްޝަނާއި ފަސާދަ. އެހެންވީމާ މިއޮތީ ނިޒާމީކޮށް މިހުރިހާ ކަމެއް ނުރަނގަޅުކޮށް،" އެޗްޑީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
އެޗްޑީސީއަށް ބިން ދެނީ. އަނެއްކާ އެޗްޑީސީއަށް ޕްރޮޖެކްޓް ދެނީ. އެޗްޑީސީން ގެ އަޅަނީ. އެޗްޑީސީން ބިލްޑިން އަޅަނީ. ފްލެޓް އަޅަނީ. ހުރިހާ ކަމެއް ކުރަނީ. ދެނީ ދޭނެ ބަޔަކަށް. އޭގެފަހަތުން މިކު.ރަނީ ހުސް ވައްކަމާއި، ކޮރަޕްޝަނާއި ފަސާދަ. އެހެންވީމާ މިއޮތީ ނިޒާމީކޮށް މިހުރިހާ ކަމެއް ނުރަނގަޅުކޮށްއަލްހާން ފަހްމީ | މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓެއް
އަލްހާން ވިދާޅުވީ މާލޭގެ ކޮންމެ ރައްޔިތަކަށާއި މާލޭގެ ދަފްތަރުގައި މިވަގުތު ތިބި ކޮންމެ ރައްޔިތަކަށް ވެސް ބިން ކަނޑާފައި ގޯތި ދޭނެ ކަމަށެވެ. އެކަން ކުރަން ބިން ހުރިކަން ފާހަގަކުރައްވަމުން އަލްހާން ވިދާޅުވީ ގޯތި ބޭނުންވާ މީހުންނަށް ބިން ކަނޑާފައި ގޯތި ނުދެވޭނަމަ މާލޭގެ ބަންޑާރަ ބިންތަކުގައި އިމާރާތްތައް ހަދައިގެން ކުއްޔަށް ދޭ ފަރާތްތަކުގެ އަތުން ދައުލަތަށް ޓެކްސް އެއް ނަގަންޖެހޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ފްލެޓް އަޅާފައި ހިލޭ ފްލެޓް ދޭން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނީ އެންމެންނާ މެދު ވެސް އިންސާފުވެރިކޮށް އަމަލުކޮށް، މާލޭގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލަކަށް މަސައްކަތް ކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުން މާލެ ރައްޔިތުންނަށް ގޯތި ދިނުމާއި، ބްރިޖު އެޅުމާއި، އަސާސީ ހިދުމަތް ދިނުމަކީ ހައުސިން މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް އަލްހާން ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުތަކުން އިހުގެ މޮޑެލް ދޫކޮށްލުމަށްފަހު ލާމަރުކަޒީ ގާނޫނުގައި ބުނާ ބާރުތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް އަލްހާން ވަނީ ގޮވާލައްވާފަ އެެވެ.
"މާލޭގެ ލޭންޑް ޔޫޒް ޕްލޭން ހަދާނީ މާލެ ސިޓީ ކައުންސިލުން. މާލެ ތަރައްގީކުރާނެ ގޮތެއް ކަނޑައަޅާނީ މާލެ ސިޓީ ކައުންސިލުން. މާލޭގެ ކޮން ތަނަކާ ކޮން ތަނަކާ ދޭތެރޭގައިތޯ ފަޅެއް އަޅާނީ، ޕޯޓެއް އަޅާނީ މިކަންކަން ވެސް ނިންމަންވާނީ މާލެ ސިޓީ ކައުންސިލުން. މައި ސަރުކާރުން އެކަން ނިންމަވާފައި ހައުސިން މިނިސްޓަރު ބޭނުންފުޅުވާހާ ގޮތަކަށް އެކަންކަން ކުރެއްވީމަ ކަމަކު ނުދާނެ. މިދަނީ އެމަގުން،" މައި ސަރުކާރުން ސިޓީ ކައުންސިލްގެ ބާރުތައް ދޫކޮށްލުމަށް ބާރު އަޅުއްވަމުން އަލްހާން ވިދާޅުވި އެވެ.
މާލޭގެ ލޭންޑް ޔޫޒް ޕްލޭން ހަދާނީ މާލެ ސިޓީ ކައުންސިލުން. މާލެ ތަރައްގީކުރާނެ ގޮތެއް ކަނޑައަޅާނީ މާލެ ސިޓީ ކައުންސިލުން. މާލޭގެ ކޮން ތަނަކާ ކޮން ތަނަކާ ދޭތެރޭގައިތޯ ފަޅެއް އަޅާނީ، ޕޯޓެއް އަޅާނީ މިކަންކަން ވެސް ނިންމަންވާނީ މާލެ ސިޓީ ކައުންސިލުން. މައި ސަރުކާރުން އެކަން ނިންމަވާފައި ހައުސިން މިނިސްޓަރު ބޭނުންފުޅުވާހާ ގޮތަކަށް އެކަންކަން ކުރެއްވީމަ ކަމަކު ނުދާނެ. މިދަނީ އެމަގުންއަލްހާން ފަހްމީ | މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓެއް
މާލެ ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއަށް މައި ސަރުކާރުން ވަންނަ ނަމަ އޭނާގެ މޭޔަރު ކަމުގައި އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ގާނޫނީ ބާރުވެރިކަން ކަށަވަރުކުރާނެ ކަމުގައިވެސް އަލްހާން ވިދާޅުވި އެވެ. އަލްހާން ގަބޫލުކުރައްވާ ގޮތުގައި މާލޭގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނީ ޕާޓީތަކުގެ ބާރުވެރިކަމުން މިނިވަންވެފައި ހުރި ކެންޑިޑޭޓަކަށް ވޯޓް ދީގެންނެވެ. އޭނާ އިންތިހާބު ކޮށްދެއްވައިފިނަމަ މާލޭގެ ރައްޔިތުން ބޭނުންވާ ހެޔޮވެރިކަން ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް އަލްހާން ވަނީ ދެއްވާފަ އެވެ.