ގޫގްލް

ގޫގުލް އައިއޯ ސަމިޓް، މޭ 18 ގައި

ގޫގުލް އައިއޯ ސަމިޓް މިއަހަރު އޮންނާނެ އެވެ. އެކަމަކު ވާޗުއަލްކޮށެވެ. މޭ 18 ގައި ސަމިޓް ފަށާ ގޮތަށް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ. އެޕަލްއިން ކޮންމެ އަހަރަކު ބާއްވާ ޑިވެލޮޕާސް ކޮންފަރެންސް، މިއަހަރު ޖޫން ހަތެއްގައި ފަށާނެ އެވެ.

ގޫގުލްގެ އަހަރީ ސަމިޓަށް މިފަހަރު ދައުވަތު ދިނީ ޓްވީޓަކުންނެވެ. ވަރަށް ބޮޑަށް އެންކޯޑްކޮށްފަ އެވެ. އާދައިގެ މީހަކަށް ކިޔަން ނޭނގޭ ގޮތަށެވެ. އެހެން ނަމަވެސް ތަންކޮޅެއް މުރާލި ބަޔަކު ގޫގުލްގެ ދައުވަތު މިހާރު ވަނީ ޑިކޯޑް ކޮށްފަ އެވެ.

އައިއޯ ސަމިޓްގައި ބޭނުން މީހަކަށް ބައިވެރި ވެވޭނެ ކަމަށް ބުނި ނަމަވެސް ކުރިއާލާ ޖެހޭނީ ކަށަވަރު ކުރާށެވެ. އެޕަލްގެ ކޮންފަރެންސް ވެސް މިފަހަރު އޮތީ މުޅިން ހިލެ އެވެ. ދިވެހިރާއްޖެ ހިމެނޭ ސަރައްދަށް ހައްދު ކަނޑައަޅާފައި ނެތް ނަމަ މި ދެ ސަމިޓްގައި ކޮންމެހެން ވެސް ބައިވެރިވާން ޖެހޭނެ އެވެ

ގޫގުލް ސަމިޓް މިއަހަރު އޮންނާނީ މޭ 18 އިން 20 އަށެވެ. އުންމީދީ ބަދަލެއް ފެންނާނެ ކަމަށް ބެލެވެނީ ގޫގުލް އެސިސްޓޭންޓް އަދި އެންޑްރޮއިޑް 12 އިންނެވެ. މިސަމިޓްގައި ގޫގުލް ޕިކްސެލް ފޯނެއް ތައާރުފުނުކުރާނެ ކަމަށް ބުނެވެ އެވެ. އެހެން ނަމަވެސް ޕިކްސެލް ފޯނާ ގުޅުންހުރި ހާޑްވެއާގެ ވައްތަރެއް ދައްކާލާނެ ކަމަށް ބެލެވެ އެވެ.