ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 321،000 އަށްވުރެ މައްޗަށް

ރާއްޖެ އަށް މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 321،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ޓޫރިޒަމް ޑެއިލީ އަޕްޑޭޓްގައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 321،827 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ނަމަވެސް، މި އަދަދަކީ 2019 ވަނަ އަހަރު އައި 511،263 މީހުންނާ އަޅާ ބަލާއިރު 37.1 ޕަސެންޓުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރު އައި 382،762 މީހުންނާ އަޅާ ބަލާއިރު 15.9 ޕަސެންޓުގެ ދަށްވުމެކެވެ.

މިމަހު އެކަނި ޓޫރިސްޓުން އައި އަދަދަށް ބަލާނަމަ މިމަހުގެ އެކަކުން ހައެއްގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 23،257 ޓޫރިސްޓުންނެވެ.

ވޭތުވެދިޔަ ތިން މަހު ޓޫރިސްޓުން އައި އަދަދު

  • ޖެނުއަރީ 92،103
  • ފެބްރުއަރީ 96،882
  • މާޗް 109،582

ޓޫރިސްޓުން އެވްރެޖު ގޮތެއްގައި އަންނަ އަދަދަށް ބަލާނަމަ މި އަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖު ގޮތެއްގައި އަންނަނީ 3،352 މީހުންނެވެ. އަދި މިހާތަނަށް ބަލާނަމަ ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ރާއްޖޭގައި މަޑު ކުރަނީ އަށް ދުވަސް ނުވަތަ ނޫނީ ދުވަހު އެވެ. އަދި މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަކީ އިންޑިއާ އެވެ. ބޯޑަރު ހުޅުވިފަހުން ރާއްޖޭގެ ޓޫރިޒަމް 23 ޕަސެންޓް ހިއްސާ ދަނީ އެ ގައުމުން ކުރަމުންނެވެ. އަދި ދެވަނައަށް އަންނަ ރަޝިއާގެ ހިއްސާއަކީ 20.9 ޕަސެންޓެވެ. އަދި ތިންވަނަ އަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކީ ޔުކްރެއިން އެވެ.