ބޮލީވުޑް

ތުންފަތް ރީތިކުރަން ސާޖަރީހެދިން: އަނުޝްކާ

އަނުޝްކާ މިހާރު (ކ) އަދި ސާޖަރީ ނަހަދާއިރު
0%
0%
0%

އަނުޝްކާ ޝަރުމާއަކީ ބޮލީވުޑްގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން މީހާގެ ސިފަ ހުރި ގޮތާ ހިތްހަމަނުޖެހި ސާޖަރީއެއް ހެދި އެއް ބަތަލާ އެވެ. އަނުޝްކާ ވަނީ އޭނާގެ ތުންފަތް އިންނަލެއް ހުތުރު ކަމުން ރީތި ކުރަން ސާޖަރީ ހެދި ކަމަށް އެއްބަސްވެފަ އެވެ.

އަނުޝްކާ ފިލްމު ކުޅެން ފެށީއްސުރެ އޭނާގެ މޮޅު ކަމަށް ގިނަ ބަޔަކު ތައުރީފު ކުރަމުން ދިޔަ ނަމަވެސް 2014 ގައި އޭނާ ތުންފަތުގެ ސާޖަރީ ހަދައިގެން ގިނަ ބަޔެއްގެ ފާޑު ކިޔުމާ ކުރިމަތިވި އެވެ.

އޭނާ ތުންފަތަށް ކޮންމެވެސް ކަމެއް ކުރިކަން ފުރަތަމައިނުން ވެސް ފާހަގަ ކުރީ އަނުޝްކާގެ ފޭނެކެވެ. ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި އަނުޝްކާ ބައިވެރިވިއިރު ކުރިއާ ތަފާތު ގޮތަކަށް އޭނާގެ މޫނުމަތި ހުރެގެންނެވެ. އެކަމާ އެ ދުވަސްވަރު ސޯޝަލް މީޑިއާގައި ވަރަށް ގިނަ މީހުން އަނުޝްކާއަށް މަލާމާތްކުރި އެވެ. ނަމަވެސް އެ ދުވަސްވަރު އެކަމާ ގުޅޭ ގޮތުން އަނުޝްކާ އެއްވެސް އެއްޗެއް ނުބުނެ އެވެ.

ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން އަނުޝްކާ ދިން އިންޓަވިއު އެއްގައި ސާޖަރީ ހެދި ކަމަށް އެއްބަސްވީ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ކޮންމެހެން އެކަން ފޮރުވާކަށް ނޫޅެ އެވެ.

"އަހަރެން ތުންފަތުގެ ސާޖަރީ ހެދި ވާހަކަ ހާމަކުރީމަ ވަރަށް ގިނަ މީހުން ބުނި އަހަރެން ވަރަށް ހިތްވަރު ގަދައޭ އެ ވާހަކަ ހާމަކުރީތީ. އަހަރެން އެކަން ކުރީ 'ބޮމްބޭ ވެލްވެޓް' ގައި ކުޅުނު ރޯލަކަށް އެކަން ކުރަން ޖެހިގެން. އަހަރެން ކޮންމެހެން ދޮގު ހަދައިގެން އެކަން ނުކުރަމެކޭ ބުނާކަށް ނޫޅެން. އަހަރެން އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަން. އަހަރެން ފޭނުން ކައިރީ ވެސް ބުނެލަން ބޭނުމީ އަހަރެންނަކީ ވެސް އިންސާނެކޭ. އެހެންވީމަ ހުރިހާ ކަމެއް އެންމެ ފުރިހަމައަކަށް ނުހުންނާނޭ،" އަނުޝްކާ ބުންޏެވެ.

ނަމަވެސް 2014 ގައި ފުރަތަމަ މި ވާހަކަތައް ފެތުރުނުއިރު އަނުޝްކާ ބުނީ އޭނާ ސާޖަރީއެއް ނަހަދާ ކަމަށާއި ހަމައެކަނި ޓޫލްއަކުން ތުންފަތް ބޮޑު ކުރަން މަސައްކަތް ކުރަނީ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345