ބޮލީވުޑް

ސަލްމާންގެ "ޕްރޭމް ތަރަން ދަން ޕާޔޯ"ގެ ލައިޓިންއަށް ރެކޯޑް އަދަދެއް

Nov 5, 2015

މިއަހަރުގެ މިހާތަނަށް ނިކުތް އެންމެ ކާމިޔާބު ފިލްމު "ބަޖްރަންގީ ބައިޖާން" އިން ބެލުންތެރިންގެ ހިތް ފަތަހަކުރުމަށްފަހު ސުޕަސްޓާ ސަލްމާން ޚާން މިހާރު އަންނަނީ މިމަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ

މިފިލްމު ރިލީޒްކުރާ ދުވަސް މިހާރު ބޯމަތި ވެފައިވާއިރު، ސަލްމާން އާއި ބަތަލާ ސޯނަމް ކަޕޫރު މިހާރު އަންނަނީ ވަރަށް ބާރު ސްޕީޑްގައި ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގައު ފާހަގަކުރާ އެންމެ ބޮޑު ފެސްޓިވަލް ދުވަސް ކަމަށްވާ ދިވާލީއާ ދިމާކޮށް ރިލީޒްކުރާ މިފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ އަގުބޮޑު ފިލްމެކެވެ.

އެގޮތުން މިފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ސަލްމާން ވަނީ މިފިލްމަކީ އޭނާ މިހާތަނަށް ކުޅުނު އެންމެ އަގު ބޮޑު ފިލްމު ކަމަށެވެ.

ސަލްމާންގެ ވާހަކައާއި ބެހޭގޮތުން ފިލްމުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ މިފިލްމުގެ ލައިޓިންގް އަށް އެކަނި، 15 ކްރޯޑް (150 މިލިއަން) ރުޕީޒް ހަރަދުކޮށްފައިވާ ކަމަށެވެ.

ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާ އަކީ އޭނާގެ ފިލްމުތަކުގެ އަސްލުކަން ވީހާވެސް ބޮޑަކަށް ދެއްކުމަށް ބޮޑު ހަރަދެއް ކުރާ މީހަކަށްވީއުރު، މިފިލްމުގެ ސެޓް ވަނީ ބިއްލޫރި ގަނޑުވަރެއް ވެސް ތައްޔާރުކޮށްފަ އެވެ.

ބޮޑު ގަނޑުވަރެއްގައި އުޅޭ ޝާހީ އާއިލާއެއް ގެ ދިރިއުޅުން ފެނިގެންދާ ފިލްމަކަށް މިފިލްމު ވުމުން، މިފިލްމުގެ އެންމެ މުހިންމު އެއްޗަކަށް ވެގެން ގޮސްފައިވަނީ ލައިޓިން އެވެ.

ދުއިސައްތަ ފާންސާސް އަށް ދުވަހުން ޝޫޓިން ނިންމާލެވުނު މިފިލްމަށް ޖުމްލަ ހަރަދުވެފައިވަނީ ގާތްގަނޑަކަށް 90 - 150 ކްރޯޑް (900 - 1500 މިލިއަން) ރުޕީޒް އެވެ.

މީގެއިތުރުން ވެސް މިފިލްމުގެ ޕްރޮޑަކްޝަން ޓީމްގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން، ޑައިރެކްޓަރު ސޫރަޖް މިފިލްމުގައި ދައްކުވައިދޭން ބޭނުންވީ ވަރަށް ގްރޭންޑް ލުކެއް ކަމުން ވަރަށް އަގުބޮޑު އަދި އެހާމެ ރީތި ލައިޓްތައް ފިލްމުގައި ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިފިލްމު ކުޅެން ސަލްމާން އެންމެ ލާރިއެއްވެސް ނަގާފައިނުވުމުން ފިލްމަށް ބޮޑު ހަރަދެއް ކުރަން ޑައިރެކްޓަރަށް ބޮޑު ފުރުސަތެއް ލިބިގެން ދިޔަ އެވެ.

ބުނެވޭ ގޮތުގައި މިފިލްމު ކުޅެން ސަލްމާން އެއްވެސް ލާރިއެއް ނަގާފައިނުވާއިރު، އޭނާ މިފިލްމު ކުޅެދިނީ ފިލްމަށް ލިބޭ ފައިދާގެ ދެބައިކުޅަ އެއްބައި އޭނާއަށް ލިބޭ ގޮތަށެވެ.

"ޕްރޭމް ރަތަން ދަން ޕަޔޯ" އަކީ 16 އަހަރުގެ މެދުކެނޑުމަކަށްފަހު ސަލްމާން ކުޅޭ ސޫރަޖްގެ ފިލްމަށް ވުމުން ބެލެވޭ ގޮތުގައި މިފިލްމަކީ މިއަހަރު އެންމެ ބޮޑުކޮށް ރިލީޒްކުރާނެ އެއް ފިލްމެވެ.

އިންޑިއާގެ 4800-5200 ސްކްރީނެއްގައި މިފިލްމު ދައްކާއިރު، ބޭރުދުނިޔޭގެ 1000-1200 ސްކްރީނުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ސަލްމާން ޑަބަލް ރޯލުން ފެނިގެންދާ މިފިލްމުގެ މުހިންމު ރޯލުން ނީލް ނިތިން މުކޭޝް އާއި ސްވަރާ ބާސްކަރް އާއި އަނޫޕަމް ކޭރް ފެނިގެންދެ އެވެ