ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމަށް އެމީހަކު ރަޖިސްވެފައިވާ ރަށަކަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ. ނަމަވެސް ގިނަ ޝަރުތުތަކެއް ވަނީ ހިމަނާފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މަައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓްލުމަށް ރަށްރަށަށް ދަތުރު ކުރުމަށް ލުއިތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން މިއަަދުން ފެށިގެން 10 ދުވަހުގެ ކަރަންޓީނާ ނުލައި އެމީހަކު ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ ރަށަކަށް ދަތުރު ކުރެވޭނެ އެވެ.
އެ ގޮތަށް ދަތުރުކުރާ މީހުން ވޯޓްލާ ސަރަހައްދު ފިޔަވައި ރަށުގެ އެހެން ތަންތަނަށް ދިއުން މަނާވާނެ އެވެ. އަދި ހުރުމާއި ކެއުމުގެ އިންތިޒާމު އެހެން މީހުންނާއި ވަކިން ހަމަޖެއްސުމާއި މީހުންނާއި ބައްދަލު ކުުރުމާއި ގޭގެއަށް ޒިޔާރަތް ކުރުންވެސް ވަނީ މަނާކޮށްފައެވެ.
އެޗްޕީއޭގެ އެންގުމުގައި ބުނެފައިވާ ގޮތުން ވޯޓްލުމަށްފަހު ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެމީހަކު އައި ރަށަކަށް އެނބުރިދާން ޖެހޭނެ އެވެ. އަދި ރަށުގައި ކަރަންޓީންވެފައިވާ ނުވަތަ އެކަހެރިވެފައިވާ މީހުން ވޯޓްލުމަށް ކަނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެހެން ވަގުތެެއްގައި ވޯޓްލެވޭނެ އެވެ.
މީގެ އިތުރުން ދަތުރު ފެށުމުގެ ކުރިން ވޯޓްލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް ދަތުރުކުރާ ތާރީހާއި ރަށުގައި މަޑުކުރާނެ މުއްދަތާއި ރަށުގައި ހުންނާނެ ތަނެއް ކައުންސިލަށް އަންގަން ޖެހެއެވެ.