ވިލުފުށި

ވިލުފުށީގައި ވޯޓްލާން ފެށޭނީ ނުވައެއްގެ ފަހުން

ތ. ވިލުފުށީގައި ހެނދުނު ހަތެއް ޖަހާއިރު ވޯޓްލާން ނުފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ވިލުފުށީގަައި ބަހައްޓާ ދެ ވޯޓް ފޮށީގެ ގިނަ އޮފިޝަލުން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުން އިތުރު އޮފިޝަލުން ނުލިބުމުން މާލެއިން އިތުރު އޮފިޝަލުން އެ ރަށަށް ފޮނުވަން ޖެހޭތީ ވޯޓްލުން ވަގުތަށް ނުފެށޭނެ ކަމަަށެވެ. އޮފިޝަލުން އެ ރަށަށް ފޮނުވަން މިހާރު ޕީސީއާރު ޓެސްޓް ހަދަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ބެލެވޭ ގޮތުން އެ މީހުންނަށް [އޮފިޝަލުން] ފުރޭވަރު ވާނީ ފަތިހު ފަހެއް ޖަހާއިރު،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރަނީ ނުވައެެއް ޖަހާއިރު އެރަށުގައި ވޯޓްލުން ފެށުމަށް ކަމަށެވެ.