ޓެކްނޯލޮޖީ

އައިފޯން 13: ހީކުރާ ވަރަށް ވުރެ އަވަސްވެދާނެ

އައިފޯން 13 ތައާފުރު ކުރުން އަދި އޮތީ އެވެ. މިއަހަރުގެ ކޮންމެވެސް ދުވަހެއްގެ މިކަމަށް ހާއްސަ ހަފުލާއެއް އޮންނާނެ އެވެ. ސްމާޓްފޯން ކޮމިއުނިޓީ އެންމެ ބޮޑަށް އުފާކުރާ ދުވަހަކީ އައިފޯން މަރުކާގެ އާ ފޯނުތައް ނެރޭ ދުވަހެވެ.

ސޯޝަލް މީޑިއާގައި ފޯރި ނަގާ މީހުން ބުނަނީ އައިފޯން 13 ހީކުރި ވަރަށް ވުރެ އަވަސް ވާނެ ކަމަށެވެ. އަދި ހީކުރާ ވަރަށް ވުރެ މޮޅު ފީޗާތައް ވެސް ހުންނާނެ ކަމަށެވެ. އައިފޯން ހުންނާނެ ގޮތަކީ މިއެވެ. ފޮޓޯތަކަށް ބަލާށެެވެ. އެންމެ ބޮޑަށް ލަފާ ކުރެވޭ ގޮތަކީ މިއެވެ.

އައިފޯން 13 އަށް ބޭނުންވާ އޭ15 ބަޔޮނިކް ޗިޕްތައް އުފައްދަން އުޅޭ ވާހަކަ އިވުނު ދުވަސް ނޫން އަނެއް ދުވަހު ޗިޕްތައް އުފައްދާ ނިމެނީ ކަމަށް ބުނެފި އެވެ. މިހާރު ބުނަނީ އައިފޯން 13 އުފައްދަން ފަށައިފި ކަމަށެވެ.

އެޕަލް އިން މިއިން ކަމަކާ ބެހޭ ގޮތުން އެއްޗެއް ނުބުނާނެ އެވެ. އެއީ ދުވަހަކު ވެސް އެޕަލްއިން ކަންކުރި ގޮތެއް ނޫނެވެ. ސަޕޯޓަރުން ފޯރި ނަގައި ޑިވައިސްތައް ހުންނާނެ ގޮތް އަބަދު ވެސް ކިޔައިދެ އެވެ. އަދި ސިފަ ދިމާ ކުރުމުގައި ކާމިޔާބު ކުރެ އެވެ.

އެޕަލްއިން އައިފޯން 13 އަށް މިފަހަރު ތަފާތު ހެޔޮ ބަދަލެއް ގެންނާނެ އެވެ. ފޯނުތައް ބޭނުންކުރާ މީހުން އެދޭ ބަދަލުތަކެއް ފެންނާނެ އެވެ. ވާދަވެރި މާކެޓްގައި އެޕަލްާ ވާދަކުރެވޭ ފެންވަރުގެ ކުންފުންޏެއް ނެތް ނަމަވެސް، އެޕަލްއިން އައިފޯންތަކަށް ގެންނަ ވަރަށް ކުޑަ ބަދަލަކުން ވެސް ކުންފުންޏަށް މިލިއަނުން ފައިސާ ލިބެ އެވެ.