މޯލްޑިވިއަން

އިންޑިއާ-މާފަރު ދަތުރުތައް ލަސްކޮށްފި

Apr 10, 2021

މޯލްޑިވިއަން އިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އާއި އިންޑިއާގެ މުންބާއީ އާއި ދެމެދު މިމަހުން ފެށިގެން ބާއްވަން ހަމަޖެއްސި ޝެޑިއުލް ފްލައިޓްތައް އަންނަ މަހަށް ފަސްކޮށްފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ބުނީ މާފަރާއި އިންޑިއާ އާއި ދެމެދު ބާއްވާ ޝެޑިއުލް ފްލައިޓްތައް އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް ލަސްކޮށްފައިވާ ކަމަށެވެ. މިބަދަލު ގެނެސްފައި ވަނީ އިންޑިއާގެ މުމްބާއީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން ދާތީ ކަމަށް ވެސް ބުންޏެވެ.

ކުރިން މި ދަތުރުތައް ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ފުރަތަމަ ފަށާ ދަތުރު ތަކުގައި ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށް ގައުމީ އެއާލައިނުން ކުރިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ އިތުރުން މާފަރު އެއާޕޯޓާއި އެހެން ގައުމުތަކާ ދެމެދު ފްލައިޓް ފަށަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.