މާލޭ ސިޓީ ކައުންސިލް

ހައިރާންކަން: މުއިއްޒުއަށް މޭޔަރުކަން

މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެއްޖެ އެވެ.

މިހާތަނަށް ސާފުކުރެވިފައިވާ ނަތީޖާތަކުން 9،000 ވުރެ ގިނަ ވޯޓް މުއިއްޒު ވަނީ ކަށަވަރު ކުރައްވާފައެވެ. އަނަސް ވަނީ 6،000 އާ ގާތްކުރާ އަދަދަކަށް ވޯޓް ހޯއްދަވާފައެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ އަނަސް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ މާލެ ރައްޔިތުން ބަސްބުނެފި ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ބަލައިގަނެ އަނަސް ވަނީ މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ވޯޓް ދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އަނަސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މުއިއްޒުގެ ތާރީހީ ކާމިޔާބީއާއެކު އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ. މިއީ މިދިޔަ 11 އަހަރުގެ ތެރޭގައި އެމްޑީޕީއަށް މާލެ ސިޓީން ލިބުނު އެންމެ ބޮޑު ނާކާމިޔާބެވެ. މިއަދުގެ އިންތިހާބުގައި މާލެ ސިޓީން ޕީޕީއެމުން ވަނީ ބޮޑު ކާމިޔާބެއް ހޯއްދާފައެވެ.