އަނަސް އަބްދުއްސައްތާރު

މާލެ ރައްޔިތުން ބަސްބުނެފި، މަރުހަބާ މުއިއްޒު: އަނަސް

ޑރ. މުހައްމަދު މުއިއްޒު އަދި އަނަސް އަބްދުއްސައްތާރު: އަނަސް ވަނީ މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައި -- އަވަސް ފޮޓޯ
0%
0%
0%

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިއަދުގެ އިންތިހާބުގައި މުއިއްޒު ވަނީ 9،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެެވެ. އަނަސްއަށް 5،000 ވުރެ ގިނަ ވޯޓް ވަނީ ލިބިވަޑައިގެންފައެވެ. އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ރައްޔިތުން ބަސްބުނެފި ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ބަލައިގަނެ އަނަސް ވަނީ މުއިއްޒުއަށް މަރުހަބާ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ވޯޓް ދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އަނަސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

މުއިއްޒުގެ ތާރީހީ ކާމިޔާބީއާއެކު އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ. މިއީ މިދިޔަ 11 އަހަރުގެ ތެރޭގައި އެމްޑީޕީއަށް މާލެ ސިޓީން ލިބުނު އެންމެ ބޮޑު ނާކާމިޔާބެވެ. މިއަދުގެ އިންތިހާބުގައި މާލެ ސިޓީން ޕީޕީއެމުން ވަނީ ބޮޑު ކާމިޔާބެއް ހޯއްދާފައެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345