ގދ. ތިނަދޫ

ތިނަދޫގެ ތިން ގޮނޑިއެއް ޕީޕީއެމަށް، ތާރީހީ ކާމިޔާބެއް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގދ. ތިނަދޫ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެންޑިޑޭޓުން އިންތިހާބު ވެއްޖެ އެވެ.

މިފަހަރުގެ އިންތިހާބުގަައި ތިނަދޫ ކައުންްސިލްގައި ހިމެނޭ ހަތް ގޮނޑީގެ ތެރެއިން ތިން ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ މުހައްމަދު ޒަލީފް އަބްދުﷲ އާއި އަހުމަދު ވަހީދުގެ އިތުރުން އައިޝަތު ލިއުޝާއެެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން އައިމިނަތު ނަސީމާ އާއި ނަސްރުﷲ އަލީގެ އިތުރުން ރަށު ކައުންސިލްގެ ރައީސް ކަމަށް ސައުދު އަލީ ވަނީ އިންތިހާބުވެފަައެވެ.

ގދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީވެސް ޕީޕީއެމްގެ ކެންޑިޑޭޓެކެވެ. އެއީ ހަސަން ފައިހަތު ގުދުރަތުﷲ އެވެ. މިއީ މި ފަހުން ބޭއްވި އިންތިހާބެއްގައި ތިނަދޫއިން ޕީޕީއެމް ހޯދި އެންމެ ބޮޑު ކާމިޔާބެވެ.