ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

"އަނިޔާވެރި ބަޔަަކަށް ބާރު ދޭން ބޭނުމެއް ނުވި"

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕީޕީއެމްގެ ލީޑާޝިޕާއެކު: އަނިޔާވެރި ބައެއްގެ އަތް މައްޗަށް ބާރުތައް ދިވެހީން ދޫކޮށްނުލައްވާނެ ކަމަށް މިއަދު ވިދާޅުވި -- އަހުމަދު އަޝްހާދު | އަވަސް
100%
0%
0%

އަނިޔާވެރި ބައެއްގެ އަތް މައްޗަށް ދައުލަތުގެ ބާރުތައް ދޫކޮށްލަން ރައްޔިތުން ބޭނުން ނުވާ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެނގިގެން ގޮސްފި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި މާލެއިން އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބިގެން ދިޔައިރު އައްޑޫ ސިޓީން ވެސް އެމްޑީޕީން އުއްމީދުކުރި ވަރުގެ ކާމިޔާބީއެއް ނުލިބުނެވެ. ނަމަވެސް ރައީސް ވަހީދު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމަށް ދުވަހަކު ވެސް މާލެއިން ލިބިފައި ނުވާ ވަރުގެ ބޮޑު ކާމިޔާބީއެއް ވަނީ ލިބިފަ އެވެ. އެގޮތުން މާލޭގެ މޭޔަރު ކަަމަށް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުވެ ވަޑައިގެންފަ އެވެ.

ޕީޕީއެމުން ވަނީ މާލެ ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 12 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އަދި ޖޭޕީން ކައުންސިލް އިންތިހާބުގައި މާލެއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކު ވަނީ މި އިންތިހާބުގައި މުއިއްޒާ ގުޅިގެން ކެމްޕޭން ކުރިއަށް ގެންގޮސް އޭނާގެ ގޮނޑި ވެސް ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލްގައި މުއިއްޒާއެކު އޭނާގެ ޓީމުގައި 13 ބޭފުޅަކު މަަސައްކަތް ކުރައްވާނެ އެވެ.

ޕީޕީއެމަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަން އިސްކުރާ މަދުބައެއްގެ އަތް މައްޗަށް ބާރުތައް ދޫކޮށް ނުލާނެކަން ދިވެހި ޑިމޮކްރަސީ މިއަދު ދައްކައިދީފައިވާ ކަމަށެވެ.

"އެ ދިނީ ވަރަށް މުހިއްމު މެސެޖެއް. ރައްޔިތުންގެ ފައިދާއަށް ލީޑަރުން މަސައްކަތް ކުރަން ޖެހޭކަން އެ ބުނެ ދިނީ" ޕީޕީއެމްގެ އެޑްވައިޒަރު ކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދުގެ އިތުރުން ވަރަށް ގިނަ ބޭފުޅުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ހޯދި ބޮޑު ކާމިޔާބީ ފާހަގަކޮށް އެ ޕާޓީއަށް މަރުހަބާ ވިދާޅުވެފަ އެވެ. މީގެތެރޭގައި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވެސް ހިމެނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހގގ

އަނިޔާގެވާހަކަދައްކަން އެންމެ އެކަށީގެންވަނީ މަނިކުފާނު! ސާބަސްފުޅު!

ޙފ

ކަލޭ ތީ ރާއްޖެ ހަލާކުކުރި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345