ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އެހީގައި ގއ. އަތޮޅު ސްކޫލަށް ބޯފެން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގއ. އަތޮޅު ސްކޫލުގައި ސާފު ބޯފެން ފޯރު ކޮށްދޭ ސިސްޓަމެއް، ބަހައްޓައި ރީޔޫސަބަލް ފުޅި ހަދިޔާ ކޮށްފި އެވެ.

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ކޮމިއުނިޓީ ފަންޑުން ވަނީ ގއ. ކޮލަމާފުށީގައި ހުންނަ އެ އަތޮޅު ސްކޫލުގައި އާރްއޯ ޕްލާންޓެއް ވެސް ބަހައްޓާފަ އެވެ. އަދު އުފައްދާ ފެން ރައްކާތެރިކަން ލިބޭނެ ގޮތް ހެދުމުގެ ގޮތުން ވޯޓާ ޑިސްޕެންސަރު ވެސް ބަހައްޓާފައި ވެއެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮޖެކްޓުގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބޯނެ ރައްކާތެރި ފެން ފޯރުކޮށްދީ ސިންގަލް ޔޫޒް ޕްލާސްޓިކް މަދުކުރުން ކަމަށެވެ.

މި އެހީ ދީފައިވަނީ ކޮމިއުނީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާ އަށެވެ. މީގެ އިތުރުން މި އެހީގެ ދަށުން އެ ސްކޫލުގެ ކޮންމެ ދަރިވަރަކާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅި ވެސް ހަދިޔާކޮށްފައިވެ އެވެ. މި ސިސްޓަމް ބެހެއްޓުމާއެކު ފެން ޕްލާންޓާއި ފިލްޓަރު އަދި ޑިސްޕެންސަރު ތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތް ކުރާނީ މި ޖަމިއްޔާ އިންނެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ވަނީ މި އަހަރުގެ ދެވަނަ ކްއާޓަރުގައި އެހީދޭނެ ފަސް ޕްރޮޖެކްޓެއް ދާދި ދަހުން ހޮވާފަ އެވެ. ކޮމިއުނިޓީ ފަންޑުން މިހާތަނަށް 45 ރަށެއްގައި މުޖުތަމައަށް ފައިދާ ކުރާ ޕްރޮޖެކްޓް ތަކެއް ހިންގަން އެހީ ދީފައިވެ އެވެ.