މިއަހަރުގެ ރޯދަމަހަށް ރެޑްވޭވުން އިތުރު ކާބޯތަކެތި ހެޔޮ އަގުގައި ލިބޭނެ ކަމަށް ރެޑްވޭވުން ބުނެފި އެވެ.
ރެޑްވޭވުން މިއަދު އާންމުގޮތެއްގައި ރޯދަމަސްތަކުގައި ގިނައިން ވިކޭ 15 ބާވަތެއްގެ އަގު ހެޔޮ ކުރެވިފައިވާ ކަމަށެވެ. މިއަދަކީ އާންމުގޮތެއްގައި ގޭބިސީތަކުން ރޯދައަށް އެއްޗެހި ގަންނާނެ ދުވަހަކަށް ވުމުން މިއަދުން ފެށިގެން އަގުހެޔޮ ކުރެވުނު ތަކެތި އާ އަގުތަކުގައި ލިބޭނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.
ރެޑްވޭވުން އަގުހެޔޮ ކުރި ތަކެތި
- ރޯޒްސިރަޕް - 29ރ
- އަލަނާސި ދަޅު - 20ރ
- ޑަބަލްޕީޗް ގެރިކިރު - 12.5ރ
- ފެލިވަރު މަސްދަޅު - 12.25ރ
- ސަފާ ޓޮމާޓޯ ޕޭސްޓް - ކުދިދަޅު 2.25ރ
- ސަރާ ޓޮމާޓޯ ޕޭސްޓް ބޮޑުދަޅު - 11.5ރ
- ޑެއިޒީ މާޖިރިން ކުދި (240ގ) ތަށި - 24ރ
- ޑެއިޒީ މާޖިރިން ބޮޑު (340ގ) ތަށި - 36ރ
- މަންޗީ މާރީ ބިސްކޯދު - 26ރ
- ނެސްލޭ ކްރީމް - 24ރ
- ސަފިއްޔާ ސަންފްލާވާ އޮއިލް - (2ލީޓަރު) - 70ރ
- ރަގު ޕިއްޒާ ސޯސް - 38ރ
- ކުކުޅުފައި 1ކިލޯ - 45ރ
- ކެޝޫނަޓްސް (100ގ) - 28ރ
- އަލްމަންޑް ނަޓްސް (100ގ) 26ރ
ރެޑްވޭވުން ބުނީ ތަކެތީގެ އަގުހެޔޮކޮށް އާންމުން ރޯދަމަހު ކުރާ ބޮޑު ހޭދަޔަށް ލުޔެއްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ. އެކުންފުނީގެ އަޒުމް ކަނޑައަޅާފައިވަނީ ގިނައަދަދެއްގެ ކާބޯތަކެތީގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހިފާގެންގުޅޭ ސާމާނު ރެޑްވޭވްގެ ފިހާރަތަކުގައި ހިމެނުމުގެ އިތުރުން އަގުހެޔޮކޮށް އެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޯށްދިނުމަށް ކަމަށް ވެސް ބުނެ އެވެ.
ރޯދަ މަހާ ދިމާކޮށް ރެޑްވޭވުން ވަނީ ފިޔާ، އަލުވި އަދި ބިހުގެ އަގު ވެސް ހެޔޮ ކޮށްފަ އެވެ. ރޯދަ މަސް ނިމެން ދެން ވީހާ ވެސް ކުޑަ އަގެއްގައި އެ ތަކެތި ވިއްކާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.