މީޑިއާނެޓް

މީޑިއާނެޓުން "މަރިޔަމް" ރިލީޒް ކޮށްފި

މީޑިއާނެޓުގެ "މަރިޔަމް" މަލްޓި-ސްކްރީނުގައި ރިލީޒް ކޮށްފި އެވެ.

"މަރިޔަމް" ގައި ދައްކުވައި ދެނީ އަންހެނެއްގެ ސިޔާސީ ހަޔާތުގައި އޭނާގެ ދާއިރާގެ މެމްބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުން ދުރު ކުރަން ބަޔަކު ކުރާ މަސައްކަތްތަކެވެ.

މި ފިލްމަކީ އަންހެނުންނަށް ސިޔާސީ މައިދާނުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކަށް މީހުން އަހުލުވެރި ކުރުވައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑް ރޯލުން މަރިޔަމް މަޖުދާ ފެނެ އެވެ. ދެން އަހުމަދު ސައީދާއި އަލީ އާޒިމާއި ނިޝް، އަލީ ޝަޒްލީމް އަދި މުހައްމަދު ވަހީދު ހިމެނެ އެވެ. މި ފިލްމުގައި ހިމެނޭ ދެ ލަވަ "އުންމީދު" އަދި "ހުވަފެން" ވެސް މިހާރު ރިލީޒް ކޮށްފައި ވެއެވެ.