ދުނިޔެ

ސާބިއާއިން 800 ޗާޓަރު ފުލައިޓް ތުރުކީއާ މިސްރަށް

ސާބިއާއިން މި އަންނަ ހޫނު މޫސުމާ ދިމާކޮށް ތުރުކީއަށާއި މިސްރަށް 800 ޗާޓަރު ޕްލައިޓް އޮޕަރޭޓް ކުރާނެ ކަމަށް ބުނެފި އެވެ. ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ މަޝްވަރާތައް އޮތީ ކުރިއަށް ކަމަށާއި މި ފެންނަނީ ކޮވިޑް ވެކްސިން އަވަސް ކުރަން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ އަދައިގެ ހާލަތަށް ދިރިއުޅުން ވީހާ ވެސް އަވަހަކަށް ރުޖޫއަ ކުރެވުން،" ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ރަހަ އެންމެން ދެކެފި ކަމަށާއި ވެކްސިން ނޫން ހައްލެއް މިކަމުގައި ނެތް ކަމަށެވެ. އަދި ބޯޑަރުތައް ހުޅުވާލުމަށް މަޝްވަރާ ކުރެވޭ ކަމަށާއި ސާބިއާއާއެކު މަޝްވަރާތައް ގާތްތަނޑަކަށް ނިމިއްޖެ ކަމަށެވެ.

ސާބިއާގެ ބެލްގްރޭޑުން ތުރުކީއަށް ދާ ފުލައިޓްތައް ދަތުރު ކުރާނީ ޓޫރިސްޓް މަންޒިލްތަކަށެވެ. އަދި މިސްރަށް އޮޕަރޭޓްކުރާ ފުލައިޓްތައް ވެސް ދާނީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް މަންޒިލްތަކަށެވެ.