އެމްޑީޕީ

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރަސްމީ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

ފުލުހުން ބުނީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލާ ގެއްލުން ދީފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:50 ގައި ލިބިފައިވާ ކަމަަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލާފައި މިވަނީ އިންތިހާބާ ބެހޭ މަރުކަޒު ކައިިރި މިއަދު ބޮޑު ހަމަނުޖެހުމެއް ހިނގާފައިވަނިކޮށެވެ. ވޯޓްފޮށިތަކެއް އަލުން ގުނަން ނިންމުމުން އިދިކޮޅު ސަޕޯޓަރުން އިންތިހާބާ ބެހޭ މަރުކަޒު ކައިިރިއަށް އެއްވެފައިވަނިކޮށް މަސްރަހު އިތުރަށް ގޯސްވީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއެކު ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑަައިގެންނެވުމުންނެވެ.

ހަމަނުޖެހުން ބޮޑުވުމުން ފުލުހުން ވަނީ އިދިކޮޅުގެ ސަޕޯޓަރުންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ.