ލައިފްސްޓައިލް

ތިން ދުވަހުން ނަފްސު ހޭލައްވައިފި!

އަބަދުވެސް ރޯދަމަސް ކައިރިވާން ފެށީމާ ޓީވީ އާއި ރޭޑިއޯތަކުން އިވެނީ ހޮޅުދޫ އަބްދުﷲ އަޑުން އަންނަ "ނަފްސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް" މި ހާއްސަ މަދަހަ އެވެ. މިހާރު މިއީ އެހެންވެސް އަންނަ 20 ވަނަ އަހަރެވެ. މިއީ ރާއްޖޭގެ މިޒަމާން ދުއް އެންމެ މޮޅު ޅެންވެރިޔާ އަދި އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމަކާއި މަޝްހޫރު ކަމެއް އޮންނަ، ތޮއްޑޫ އާދަމް ނަސީރު އިބްރާހިމް ހައްދަވާފައިވާ އޭނާއަށް ވެސް ހާއްސަ ޅެމެކެވެ. ދިވެހިންނަށް ވެސް ހާއްސަ މަދަހައެކެވެ. އަދި މިއީ އޭނާގެ ޅެންތަކުގެ ތަކުގެ ތެރެއިން ހޮޅުދޫ އަބްދުﷲ ވިދާޅުވެ ރިކޯޑް ކުރެއްވިފައި އޮތް ހަމައެކަނި މަދަހައަށް ވުމުން ވެސް ހާއްސަ ކަމެއް ވެއެވެ.

އާދަމް ނަސީރުގެ މި ހާއްސަ ޅެމާއެކު ރޯދައިގެ ރޫހު ކޮންމެ މީހެއްގެ ވެސް ހިތުގެ އެންމެ ފުނަށް ގެންގޮސް ލައިދެ އެވެ. އަދި އެ އަޅުކަމުގެ ހުރިހާ ބާރެއް ހިތާއި ސިކުނޑީގައި ރަނގަޅަށް ހަރުލައްވައި ދެއެވެ. އެކަމަކު މިއީ އާދަމް ނަސީރު އޭނާގެ އާދައިގެ މަތީން 2001 ވަނަ އަހަރު ހެއްދެވި ޅެމެކެވެ. މި ޅެމަށް ދެދިހަ -- ޓޫ ޑިކޭޑްސް -- ފުރިފައިވާއިރު މި ޅެމުގެ ދެލިގަނޑުން "ފުރާނަ" އެއް އަޅުވައިދޭ އެތައް ކަމެއް ވަށައިގެންވާ މާހައުލުން އިސްކިރީނު ވަމުން އެބަ ދެއެވެ.

ނަފްސް ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް... ޣަފްލާތާއި ދުރުކޮށްލަދޭށޭ އަންނަނީ ރަމަޟާން ކަރީމް

މިދިޔަ އަހަރަކީ އަޖައިބު ހައިރާނެއް ކަހަލަ އަހަރެކެވެ؛ ދަތި އުދަނގުލެއްގެތެރޭ ގޭބަންދު ވެގެން ތިބެން ޖެހުނު ހާސްކަން ބޮޑު ރޯދަ މަހެއް އައެވެ. ނަމާދަށް ތަރާވީހަށް އިއުތިކާފަށް މިސްކިތަކަށް ނުދެވުނެވެ. މުޅީން ހިތާމަ އެވެ. މި އަހަރު ރޯދަމަސް ބައްދަލު މި ކުރީ އިހު އަހަރުގެ އެ ހާލަތަށް ވުރެ ބޮޑުތަން ރަނގަޅު ވެގެނެވެ. ރޯދަމަސް އައިސް ނަފުސު ހޭލައްވައިލި އިރު ވަރަށް ގިނަ ކަންކަން ވަނީ ފުށުންޖެހިފަ އެވެ.

އަންގާރައިން ފެށި މުލަރޯދައިގެ ވަރުބަލި ފިލާ ތިން ވަނަ ރޯދައާއެކު ރޯދައަށް މިތިބީ ހޭނިފަ އެވެ. މި ރޯދަމަހު އެންމެ ގިނަ ބަަޔަކަށް ހިތަށް ފިނިކަން ލިބުނީ ޖަމާއަތުގެ ނަމާދު ކޮށްލަން ލިބުނު އެދި އެދި އޮތް ފުރުސަތުންނެވެ. އެހުރިހާ ކަމަކުން ނަފްސްތައް ރަނގަޅަށް ހޭލައްވައިފި އެވެ. ބަންދުވެގެން ތިބުމަށް ފަހު މިސްކިތަށް އަރައި އިހު އޮތް ގޮތަށް ޖަމާއަތުގައި ނަމާދު ކޮށްލެވުމަކީ މުޅިން އެހެން ކަހަލަ ރޫހާނީ އިހްސާސެއް ކުރި ކަމެކެވެ. -- ހަމް ހުރީ މާﷲ އަށެވެ!

ދެއްވި ފޯރުންތެރިކަމާއިއެކު ވެސް ތަދާ ހައިހޫނުގާ... ކެތްކުރަން ތަމްރީނު ދޭށޭ އަންނަނީ ރަމަޟާން ކަރީމް!

ރާއްޖޭއެކޭ އެއްގޮތަށް ދުނިޔޭގެ އެހެން މުސްލިމް ގައުމުތަކާއި އެނޫން ގައުމުތަކުގައި ވެސް ދިރިއުޅޭ ހުރިހާ މުސްލިމުން ރޯދަ ހިފާއިރު، މިއީ ފޯރާމީހުން ވެސް ތަދާއި ހައިހޫނު ކަންމަތީ ކެތް ކުރަން ދަސްކުރާ ރޯދަމަހެވެ. މި ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވެސް ދިވެހިންގެ އަމަލުތައް ގާތުން ބަލާނެ އެވެ. އަދި އެމީހުން ވެސް އަހަރުމެންގެ މާތް ވެންވާ އިސްލާމް ދީނުގެ ކަންކަމަށް ޝައުުގުވެރި ވާނެ އެވެ. ބަލާން ބޭނުންވާނެ އެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ވިލާތު ސަފީރަކީ ކެރޮން ރޮސްލާ އެވެ.

އެކަމަނާ މިއަހަރު ދިވެހިންނެކޭ އެއްގޮތަށް ރޯދަ ހިއްޕަވާނެ އެވެ. އެކަމަނާއަކީ ފޯރުންތެރި އިނގިރޭސިއެކެވެ. އަދި މަތީފެންވަރުގެ ޑިޕްލޮމޭޓެކެވެ. އެކަމަނާ އެ ނިޔަތް ގަތީ މިއަހަރު ފަރުލު ރޯދައަށް ހުންނަވާށެވެ. އެހެންވެ ދިވެހިންގެ ފަރާތުން ސޯޝަލް މީޑީއާ މެދުވެރިކޮށް އެކަމަނާއަށް އައްސަރި ބަހާއި ސާބަހެއް ދިނެވެ. ރޯދަ ހިފާނެ ގޮތުގެ ޓިޕްސް އާއި އެކަމަނާ ކޭންބައްލަވަންވީ ގޮތާއި ކީރިތި ގުރުއާނުގެ ތަރުޖަމާ އަޑުއެއްސެވުމުގައި ކަން ކުރަންވީ ގޮތް ވެސް ރަށުގެ ސޯޝަލް މީޑިއާއިން އެކަމަނާ އަށް ވެދުން ކޮށްފި އެވެ. އެއީ ދެން ދިވެހިންގެ ތެރެއިން ކޮށްދެވޭނެ އެންމެ ބޮޑު ވަރެވެ. ހިދާޔަތަކީ ﷲ ގެ އިރާދައިގައިވާ އެއްޗެއްކެވެ.

ދަތިކަމާ ހިތިކަން ލިބޭ ދެރަ ނިކަމެތީނގެ ޝުއޫރުތައް ކަތިނުލަން އިންޒާރު ދޭށޭ އަންނަނީ ރަމަޟާން ކަރީމް!

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ އާބާދީގެ ބޮޑު ބަޔަކީ ވެސް މުސްލިމުންނެވެ. ގިނައީ ބަންގާޅު މީހުނެވެ. ބަންގާޅުގެ އެއެންމެނަކީ ރޯދަމަހު ރޯދައަށް ތިބޭނެ މީހުނެވެ. އާއިލާ އާއި ދުރުގައި އެމީހުން މި ރަށުގައި ހޭދަ ކުރާ ދުވަސްތަކަކީ ފަސޭހައެއް ނެތް އުނދަގުލުން ފުރިފައިވާ އާހުގެ ދުވަސްތަކެކެވެ. ކުދި ކުދި ފޫޓާއި ގޮޅިގޮޅިއަށް ފެތި، ވަރަށް ދަތި ހާލުގައި ނިދާ މުޅި ދުވަސް އެކުގައި ހޭދަ ކުރަނީ "ފަހުރުވެރި" ކަމުން ދިވެހިންނަށް ކުރަން ނުކެރޭ، "ފަކުރުވެރި" ކަމުން ދިވެހިންނަށް އަތްލާން ނުކުރޭ މަސައްކަތް ކުރުމުގަ އެވެ. ޔަގީން، އެމީހުނަށް ހެޔޮ ބަހެއް ނޫނީ ހައްގެއް ނުވެއެވެ.

ބަންގްލަދޭޝްގެ އިމްރާން ރާއްޖޭގައި މަސައްކަތް ކުރާތާ ދެ އަހަރު ވެއްޖެ އެވެ. އޭނާ ކުރީން މަސައްކަތް ކުރީ މެދުއިރުމަތީގެ ގައުމުތަކުގަ އެވެ. އެކަމަކު އިމްރާނަށް ރާއްޖެ މާ ކަމުދެ އެވެ. ކަންނެތަސް އޭނާއަށް ދިވެހިންނަކީ ވަރަށް ހުލްގު ހެޔޮ ބަޔެކެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި ރޯދަމަހު އާއިލާއާއި ދުރުގައި ވުމަކީ ވަރަށް ފުން ހިތާމައެކެވެ. އޭނާ ދެކޭ ގޮތުގައި ލޯބިވާ އާއިލާއިއެކު ރޯދަ ވީއްލާލުމަށް ލިބުމަކީ ބޮޑު ރަހުމަތެކެވެ.

"ނުނިޔަތާ ކިބުރާ ބޮޑާކަން ނަފްސުތަކުގައި ރޯކުރާ... ގިނި މުޅިން ނިއްވާލާ ދޭށޭ އަންނަނީ ރަމަޟާން ކަރީމް"

ރޯދަމަހުގެ ފުރަތަމަ ދުވަހު ވެރި މާލޭގައި ހަމަނުޖެހުމެއް އުފެދި އަޑުގަދަވި އެވެ. ގޯސްތަކެއް ހެދި އެވެ. ސިޔާސީ މީހުން ނުކުމެ އެ ހައިޖާނުގަނޑެއް ހިންގާލި އެވެ. އެއީ މަތިވެރި މި މާތް މައްސަރުގައި އެއްވެސް ބަޔަކު ބޭނުން ގޮތް ކަމުގައި ނުވިޔަސް އެހެން ވެސް ކަންކަން ހިނގަ އެވެ.

ދިންނެވުމުގެ މި މައްސަރުގައި ހެޔޮ އެއްޗެއް ނޫނީ ނުބުނެ، ނަފްސުގެ އުނި ސިފަތައް ކަމުގައިވާ ކިބުރާއި ބޮޑާ / ރުޅި އާއި ކެތް ކުޑަވުން ކަހަަލަ ނުބައި ސިފަތަކުގެ ގިނި ނިއްވާލާ ރޯދަމަހުގެ ބަރަކާތަށް ނޭދެނީ ހެއްޔެވެ؟

އަޚުކަމާ ކުލުނާއި ހަމަހަމަކަމުގެ ލޮބުވެތި ހިޔަލުގައި... އަޚުތަކުން ހެއްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް!

ރޯދަ މަހަކީ އެހެން މަސް މަހާއި ހިލާފު ރީތި މަހެކެވެ؛ އަތައި ހިތުގެ ދީލަތިކަމުގެ މުށް ހުޅުވާލައި އިތުރު ކުރަންވީ މަހެވެ. އިސްވެ ތެދުވެ ކުލުނާއި ލޯއްބާއި އަޅާލުން ބޭނުން ވެފަައިވާ އެންމެނަށް އެހީތެރިކަން ދިނުމުގެ މަހެކެވެ. މިހާރު މިތިބީ ރޯދަމަހުގެ ތިވަނަ ދުވަހަށް އާދެވިފަ އެވެ. މި ތިން ދުވަހު އެކަނިވެސް ހޮޅުދޫ އަބްދުﷲ ގެ އަޑުން ވިދާޅުވެފައިވާ ރީތި މި މަދަހައިން އާދަމް ނަސީރު ވިދާޅު ދެއްވާފައިވާ ރޯދައިގެ ކުދި ރީތި ވާހަކަތަކެއް އިސްކިރީނު ވެއްޖެ އެވެ. ނޫންތޯ އެވެ؟