ވަޅި ހެރުން

ލަންކާގައި ރަބަރޭ މަރާލައިފި

Nov 5, 2015
4

ހ. ކުބްރާ އަލީ އިޝާރު (ޗޯޓޭ) އިޝާރުގެ މަރާ ގުޅިގެން ތުހުމަތު ކުރެވުނު ހ. ހަންޑްރެޑް ފްލާވާ، ހުސެއިން ރަޒީން (ރަބަރޭ) ގެ ގަޔަށް ސްރީލަންކާގައި ވަޅި ހަރައި އޭނާ މަރާލާފައި އޮއްވާފައި ފެނިއްޖެ އެވެ.

ސްރީލަންކާގެ ބޮޑު އެއް ނޫސް ކަމަށްވާ "ދަ ޑެއިލީ މިރާ" ގައި މިއަދު ބުނެފައި ވަނީ އުމުރުން 28 އަހަރުގެ ރަޒީންގެ ހަށިގަނޑު ފެނުނު އިރު، އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ހަމަލާ ދީ، ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމަށާއި ޒަހަމްތަކުގ ނިޝާންތައް އޭނާގެ ހަށިގަނޑުގެ އެކިތަންތަނުގައި ހުރި ކަމަށާއި އެންމެ ބޮޑަށް ހަމަލާ ދީފައި ވަނ ކަރަށް ކަމަށެވެ.

ރަބަރޭ މަރާލާފައި އޮތް އިރު ދެ ރަން ފަށާއި ތަޅުދަނޑިފައްޗެއް ވެސް އޮތެވެ.

ސްރީލަންކާގައި ރަބަރޭ މަރާލި އިރު ރަބަރޭގެ ބައްޕައަކީ ސްރީލަންކާގެ ރައްޔިތެކެވެ. ރަބަރޭ މަރުވެފައި އޮއްވާ ފެނިފައި ވަނީ ވެރިރަށް ކޮލޮމްބޯގެ ދެކުނުން އޮންނަ ޕިލިޔަންދަލާގައި ދަނޑުވެރިކަން ކުރާ ސަަރަހައްދެގެ ހަނޑޫ ދަނޑެއްގެ ތެރެއިންނެވެ.

ފުުލުހުން ވަނީ ރަބަރޭގެ ހަށިގަނޑު ކޮލަމްބޯގެ ޓީޗިން ހޮސްޕިޓަލަށް ގެންގޮސް މޯޗަރީގައި، ގަބުރު ރައްކާކުރާ ފިނިކޮށާރުގައި ބާއްވާފަ އެވެ. ސްރީލަންކާގެ ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގުތައް ފަށާފައެވެ. ނަމަވެސް ރަބަރޭގެ މަރާ ގުޅިގެން ދިވެހި ފުުލުހުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.