ވަޅި ހެރުން

ރަބަރޭގެ މަރާ ގުޅިގެން ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފި

Nov 8, 2015
2

ހ. ކުބްރާ އަލީ އިޝާރު (ޗޯޓޭ) އިޝާރުގެ މަރާ ގުޅިގެން ތުހުމަތު ކުރެވުނު ހ. ހަންޑްރެޑް ފްލާވާ، ހުސެއިން ރަޒީން (ރަބަރޭ) ސްރީލަންކާގައި މާރާލާފައި އޮއްވާ ފެނުނު މައްސަލާގެ ތަހުގީގަށް ސްރީލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ރަބަރޭގެ މަރުގެ ތަހުގީގުގައި ދިވެހި ފުލުހުން ވެސް ލަންކާ އަށް ގޮސް ބައިވެރިވެފައިވާއިރު މި ތަހުގީގަށް ދިވެއްސަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ކަށަވަރުކޮށްދެ އެވެ.

ދިވެހި ދެ މީހާއަކީ ކާކުކަން ފުލުހުންނެއް ނުބުނެ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މި މައްސަލާފައި ލަންކާގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އުމުރުން 28 އަހަރުގެ ރަޒީންގެ ހަށިގަނޑު ފެނުނު އިރު، އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ހަމަލާ ދީ، ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމަށާއި ޒަހަމްތަކުގ ނިޝާންތައް އޭނާގެ ހަށިގަނޑުގެ އެކިތަންތަނުގައި ހުރި ކަމަށާއި އެންމެ ބޮޑަށް ހަމަލާ ދީފައި ވަނ ކަރަށް ކަމަށެވެ. ރަބަރޭ މަރާލާފައި އޮތް އިރު ދެ ރަން ފަށާއި ތަޅުދަނޑިފައްޗެއް ވެސް އޮތެވެ.

ސްރީލަންކާގައި ރަބަރޭ މަރާލި އިރު ރަބަރޭގެ ބައްޕައަކީ ސްރީލަންކާގެ ރައްޔިތެކެވެ. ރަބަރޭ މަރާލާފައި އޮއްވާ ފެނިފައި ވަނީ ވެރިރަށް ކޮލޮމްބޯގެ ދެކުނުން އޮންނަ ޕިލިޔަންދަލާގައި ދަނޑުވެރިކަން ކުރާ ސަަރަހައްދެގެ ހަނޑޫ ދަނޑެއްގެ ތެރެއިންނެވެ. ދެ ގައުމުގެ ފުުލުހުން މި މައްސަލަ ތަހުގީގު ކުރާއިރު ރަބަރޭގެ ހަށިގަނޑު ބާއްވާފައި ވަނީ ކޮލަމްބޯގެ ޓީޗިން ހޮސްޕިޓަލގެ މޯޗަރީގަ އެވެ.