ހަބަރު

ރަބަރޭގެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް ލަންކާއަށް

Nov 7, 2015
1

ހ. ކުބްރާ އަލީ އިޝާރު (ޗޯޓޭ) އިޝާރުގެ މަރާ ގުޅިގެން ތުހުމަތު ކުރެވުނު ހ. ހަންޑްރެޑް ފްލާވާ، ހުސެއިން ރަޒީން (ރަބަރޭ) ގެ ގަޔަށް ސްރީލަންކާގައި ވަޅި ހަރައި ބޮޑެތި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވައި ސްރީ ލަންކާއިން ފެނުނު މައްސަލާގައި ދިވެހި ފުލުހުންގެ ޓީމެއް ސްރީލންކާއަށް ގޮސް ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ ރަޒީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ ދިވެއްސެއްގެ މަރުގެ މައްސަލައަކަށް ވުމުން އެ ތަހުގީގަށް ދިވެހި ފުލުހުންގެ ބޭނުން ޖެހިދާނެތީ ކަމަށެވެ.

އުމުރުން 28 އަހަރުގެ ރަޒީންގެ ހަށިގަނޑު ފެނުނު އިރު، އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ހަމަލާ ދީ، ބޮޑެތި ޒަހަމްތަކެއް ދީފައިވާ ކަމަށާއި ޒަހަމްތަކުގ ނިޝާންތައް އޭނާގެ ހަށިގަނޑުގެ އެކިތަންތަނުގައި ހުރި ކަމަށާއި އެންމެ ބޮޑަށް ހަމަލާ ދީފައި ވަނ ކަރަށް ކަމަށެވެ. ރަބަރޭ މަރާލާފައި އޮތް އިރު ދެ ރަން ފަށާއި ތަޅުދަނޑިފައްޗެއް ވެސް އޮތެވެ.

ސްރީލަންކާގައި ރަބަރޭ މަރާލި އިރު ރަބަރޭގެ ބައްޕައަކީ ސްރީލަންކާގެ ރައްޔިތެކެވެ. ރަބަރޭ މަރާލާފައި އޮއްވާ ފެނިފައި ވަނީ ވެރިރަށް ކޮލޮމްބޯގެ ދެކުނުން އޮންނަ ޕިލިޔަންދަލާގައި ދަނޑުވެރިކަން ކުރާ ސަަރަހައްދެގެ ހަނޑޫ ދަނޑެއްގެ ތެރެއިންނެވެ. ދެ ގައުމުގެ ފުުލުހުން މި މައްސަލަ ތަހުގީގު ކުރާއިރު ރަބަރޭގެ ހަށިގަނޑު ބާއްވާފައި ވަނީ ކޮލަމްބޯގެ ޓީޗިން ހޮސްޕިޓަލގެ މޯޗަރީގަ އެވެ.