ޓެކްނޯލޮޖީ

އެޕަލް އިވެންޓް، އެޕްރީލް 20 ގައި

އެޕަލްއިން އެޕްރީލް 20 ގައި ހަފުލާއެއް ބާއްވަނީ އެވެ. މި ހަފުލާގައި ދައްކާލާނެ ކަމަށް އިންތިޒާރު ކުރެވޭ އުފެއްދުންތަކުގެ ތެރޭގައި އައިޕެޑް ޕްރޮ އާއި އެއާޓެގްސް ހިމެނެ އެވެ.

އެޕަލްއިން އައިޕެޑް ޕްރޮ މާކެޓް ކުރަނީ އަހަރީ އުފެއްދުމެއް ގޮތުގަ އެވެ. އުންމީދަކީ ކޮންމެ އަހަރަކު ވެސް އެޕަލްގެ އަތުގައި ހުރި ހުރިހާ މޮޅުކަމެއް އައިޕެޑް ޕްރޮގައި ހިމެނުމެވެ. މިއަހަރު ވެސް ހަމަ މިފަދައިން އައިޕެޑް ޕޮރޮއާ މެދު ކަންތައް ހިނގައިދާނެ އެވެ. ޕްރޮސެސާއިން ފެށިގެން ސްކްރީނާއި ބެޓެރީ އައި ސޮޕްޓްވެއާގައި ހުރި ހުރިހާ މޮޅުކަމެއް އައިޕެޑް ޕްރޮއަށް ވާރުތަ ކޮށްދެވޭނެ އެވެ.

އެއާޓެގްސް އަކީ އެޕަލްއަށް އަދި ދައްކައި ނުލެވިގެން އުޅޭ ޑިވައިސްއެކެވެ. މިއީ ސެމްސަންގް ގެލަކްސީ ސްމާޓްޓެގް ކަހަލަ ކުޑަކުޑަ ޑިވައިސްއެކެވެ. އެންމެ ބޮޑަށް ވައްތަރު ކުރެވެނީ އާރުއެފްއައިޑީ ޓެގަކާ އެވެ. އިމާރާތްތަކުގެ ދޮރުހުޅުވަން ބޭނުން ކުރެވޭ ކީޓެގަކާ އެވެ. އެކަމަކު ވެސް އެޕަލުން މިޑިވައިސް ޑިޒައިންކުރާނެ ގޮތް ކަށަވަރެއް ނޫނެވެ.

އެޕަލް – ސްޕްރިންގް ލޯޑެޑް ހަފުލާ އޮންނާނީ އެޕްރީލް 20 ގައި އެޕަލް ޕާކުގަ އެވެ. ބަލަން ޖެހޭނީ އޮންލައިންކޮށެވެ. ބޭނުން ކޮންމެ މީހަކަށް އިންޓަނެޓް މެދުވެރިކޮށް މި ހަފުލާ ބަލައި ލެވޭނެ އެވެ. ޓިކެޓް ގަންނާކަށް ނުޖެހޭނެ އެވެ. އިށީންނަށް ފަސޭހަ ގޮނޑިއެއް ގޭތެރެއިން ހޯދާލީމަ ރަނގަޅުވާނެ އެވެ.