މީޑިއާނެޓް

"ލަމްސް ކިޗަން" ދައްކަން ފަށަނީ

މޯލްޑިވިއަން އައިޑޮލް ހުށަހަޅައިދިން ލަމްހާ ލަތީފް (ލަމް) ކެއްކުމުގެ ހުނަރު ފެނިގެންދާ ޝޯ މީޑިއާ ނެޓުގެ މަލްޓި ސްކްރީންގައި މިއަދު ދައްކަން ތައްޔާރު ވެއްޖެ އެވެ.

ޝޯ ކުރިއަށް ދާނީ ގިނަ ފަންނާނުން ބައިވެރި ކޮށްގެނެވެ. "ލަމްސް ކިޗަން" ހުށަހަޅައި ދޭނީ ވެސް ލަމް އެވެ. ޝޯގައި ބައިވެރިވާ ފަންނާނުން އެމީހުންގެ ކެއްކުމުގެ ހުނަރު މި ޝޯ މެދުވެރިކޮށް ދައްކާނެ އެވެ.

ޝޯގެ ފުރަތަމަ އެޕިސޯޑުގައި ވާދަ ކުރާނީ ދެ ފިލްމީ ތަރިން ކަމަށްވާ ސީޒަން އަލީ އާއި މަރިޔަމް އައްޒަ އެވެ. ކެއްކުމުގެ ބަޔާއި އެކީ ޝޯ ކުރިއަށް ދާނީ މަޖާ ވާހަކަތަކާއެކު އެވެ.

މި ޝޯގައި އަބްދުﷲ މުއާޒު އާއި ރަވީ ފާރޫގާއި ނިއުމާގެ އިތުރުން ޝައްމޫން އާއި މަރިޔަމް މައީޝާ އަދި އިބްރާހިމް ޒައިދު އަލީގެ އަދި އެހެން ތަރިން ފެނިގެން ދާނެ އެވެ.