މާރާމާރީ ހިންގުން

މާރާމާރީގެ މައްސަލައެއްގައި މީހަކު ހޯދަނީ

Apr 15, 2021

ލ. ގަމުގައި ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ހޯދަން އިއުލާނު ކޮށްފައި ވަނީ ލ. ގަން، ތުނޑީ އަވަށު އިހުރާމުގޭ ހުސައިން ސުއޫދު 28، އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަން ފަށާފައިވާ މާރާމާރީއަކާ ގުޅުންހުރި މައްސަލައެއްގެ ތަހުގީގަށް ކަމަށާއި އޭނާ އުޅޭ ވަކި ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް ޗިޓް ރައްދު ކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އެ މީހާއަށް އަންގާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ގަން ޕޮލިސް ސްޓޭޝަނަށެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލު ކުރަން ޖެހޭ އިޖުރާއަތު ގަވާއިދުގެ 27 ވަނަ މާއްދާގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ޗިޓް ރައްދު ނުކުރެވޭނަމަ އާންމުކޮށް އިއުލާން ކޮށްގެން އެމީހަކު ތަހުގީގަށް ހާޒިރުވުމަށް އެންގުމުގެ ބާރު ލިބެ އެވެ.