ލ. ގަން

ދަމު ނަމާދަށް ހުއްޓާ މުދިމަށް ހަމަލާދީފި

މުދިމަކު އިމާމުވެ ދަމު ނަމާދު ކުރަން ހުއްޓައި ހަމަލާދީފި އެވެ. މި ހަމަލާ ދީފައި ވަނީ ލ. ގަމުގަ އެވެ.

ގަމުގެ ތުނޑީ އަވަށުގައި އާބާދީ ސަރަހައްދުގެ މިސްކިތެއްގައި މުދިމަށް ހަމަލާ ދީފައި ވަނީ ރޭ މެންދަމު 2:50 ގައި އޭނާ އިމާމުވެ ދަމު ނަމާދު ކުރަން ހުއްޓަ އެވެ.

މުދިމަށް ހަމަލާ ދިނީ އެވަގުތު މިސްކިތައް ބޭރުން ވަދެގެން އައި މީހެކެވެ. އެމީހާ މިސްކިތަށް ވަދެ މުދިމުގެ ގައިގައި ޖެހުމަށް ފަހު މައިކު އެއްލައިލީ އެވެ. އެއަށްފަހު މިސްކިތުން ނުކުމެގެން ދިޔައީ އެވެ. މިހަމަލާގައި މުދިމަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައި ނުވާ ކަން ފުލުހުން ޔަގީންކޮށްދެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް ހަމަލާ ދިން މީހާ ހައްޔަރު ކުރި ކަމަކަށް ފުލުހުން އަދި ބުނެފައެއް ނުވެ އެވެ. އަވަސް އެނގިފައިވާ ގޮތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް އެ މީހާ ގޮސް ފުރަތަމަ މިސްކިތު ފުރާޅަށް ގާއުކީ އެވެ. އަދި އޭގެ ފަހުން މިސްކިތަށް އަރާ އަވަގުރާނަ ގޮވަމުން ސަފުތަކުގެ ތެރެއިން ގޮސް މުދިމަށް ހަމަލާ ދޭން އުޅުމަށް ފަހު މައިކް ނަގައިގެން ނުކުމެ ބޭރަށް އެއްލާލާފައި ދިޔައީ އެވެ.

ރާއްޖޭގައި މިސްކިތަށް އަރައި މިގޮތަށް މީހުނަށް ހަމަލާ ދިނުމުގެ ހާދިސާތައް މީގެ ކުރިން އައިސްފައެއް ނުވެއެވެ.