ޓެކްނޯލޮޖީ

ޕިކްސެލް ވޮޗްއަށް ވެއާ އޯއެސް ޕްލޭ ސްޓޯރު ތައްޔާރުކުރަނީ

ގޫގުލްއިން މިއަހަރު ސްމާޓް ގަޑިއެއް، ޕިކްސެލް ވޮޗް ނެރޭނެ އެވެ. ޕިކްސެލް ގަޑިއެއް އަޅާ ހިތުން މިހެން ބުނެވެނީ އެވެ. އެހެން ނަމަވެސް ޕިކްސެލް ވޮޗް ނެރޭނެ ތާރީހެއް އަދި ނެރޭނެ ކަމެއް ވެސް ކަށަވެރެއް ނުވެ އެވެ.

ޕިކްސެލް ވޮޗް ނެރޭނެ ކަމަށް ބުނެވެނީ މި އަހަރުގެ ހަތަރުވަނަ ކްއާޓަރުގައި، ޕިކްސެލް ފޯނުތަކާއެކު އެވެ. ޕިކްސެލް 6، އަދި ފަހަރެއްގައި ޕިކްސެލް 6 އެކްސްއެލް ނެރޭނެ ކަމަށް ބުނުމަކީ އެކަށިގެންވާ ހީވުމެކެވެ.

މި އަންނަ މެއި 18 އިން 20 އަށް އޮންނަ ގޫގުލް އައިއޯ ސަމިޓްގައި ވެސް ޕިކްސެލް ގަޑި ދައްކާލަފާނެ ކަމަށް ބުނެވެ އެވެ. މިއީ ވެސް ޕިކްސެކް ގަޑިއަށް އެކަށީގެންވާ ތާރީހެކެވެ. ގޫގުލްއިން ޕިކްސެލް ގަޑި ނެރޭނެ ކަމަށް އުންމީދު ކޮށްގެން ތިބި މީހުން ބުނަނީ ހަމަގައިމުވެސް މިއަހަރު ގޫގުލްއިން ސްމާޓް ގަޑިއެއް ނެރޭނެ ކަމަށެވެ.

ގޫގުލްއިން ޕިކްސެލް ސްމާޓް ގަޑި ނެރެން އުޅޭކަން ގޫގުލްގެ ހަރަކާތަކުން އެނގޭ ކަމަށް ފާރަލައިގެން ތިބި މީހުން ބުނެ އެވެ. ސްމާޓް ގަޑިއެއް ނެރެންވާއިރަށް ވެއާ އޯއެސް ޕްލޭ ސްޓޯރު ތައްޔާރު ކުރުން އަދި ސްމާޓް ގަޑިއާ ގުޅުން ހުރި ކުލަތައް ބޭނުން ކުރުން ގޫގުލްއިން އިތުރު ކޮށްފައިވާ ކަމަށް ވެސްވެ އެވެ.

މިދައްކާ ވާހަކަ އަކީ ގޫގުލްއިން މިއަހަރު ޕިކްސެލް ސްމާޓްވޮޗެއް ނެރޭނެބާއޭ ނުވަތަ ނުނެރޭނެބާއޭ އެވެ. ގޫގުލްގެ ހަރަކާތްތަކުން އަދި ގޫގުލްއާ ގުޅުންހުރި ދިމަދިމާއިން ފެންނަ ކުލަތަކަށް ބަލާއިރު ބޮޑަށް ބުރަވެވެނީ ޕިކްސެލް ވޮޗް މިއަހަރު ނެރޭނެ ކަމަށެވެ.