ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލު ހުސެން ޝަމީމް ސަސްޕެންޑް ކުރުމާއި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލު ކުރުމުގެ ބާރު ސުޕްރީމް ކޯޓުގެ ދަށަށް ގެންގޮސްފައި ވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީން ބުނީ ޝަމީމް ދެއްކެވި ވާހަކަތަކެއްގެ ސަބަބުން ސަސްޕެންޑް ކޮށްފައިވާ އިރު ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ސަމީމުގެ އެއްވެސް ވާހަކައެއް އަޑުއެއްސެވުމެއް ނެތި ކަމަށާއި ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަ ނިމެންދެން ޝަމީމަށް ވަކާލާތު ނުކުރެއްވޭ ގޮތަށް ކަނޑައެޅުމުން ކަން ބޮޑުވާ ކަމަށެވެ. އަދު ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި އަދި ވަކީލުންނާ ބެހޭ އެންމެހައި ކަންކަން ބެލެހެޓުމުގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ ބާރު ސުޕްރީމް ކޯޓުން ނެރުއްވި ރޫލިންއަކުން ނަގާފައި ވާތީ ވެސް ކަންބޮޑުވާ ކަމަށެވެ.