ޓެކްނޯލޮޖީ

އައިފޯން އޮޓޯކަރެކްޓް، ތަންކޮޅެއް ސްމާޓްވަނީ

އައިފޯން ނޫނަސް އޮޓޯކަރެކްޓާއާ ހެދި ބޮލަށް އުނދަގޫވާ ކިތަންމެ ފަހަރެއް އާދެ އެވެ. ކިތަންމެ ވިސްނައިގެން ޓައިޕްކުރި ނަމަވެސް ސްޕެލިން ނުބައިކޮށް ޓައިޕް ކުރެވެ އެވެ. އަދި ނިޔަތްގަންނަ ލަފުޒު / ބަސް ނޫން ބަހެއް މެސެޖް ކުރެވި ލަދުގަންނަން ޖެހެނީ ވެސް ވަނީ މަދަކުން ނޫނެވެ.

ސްމާޓްފޯން މާކެޓްގައި އައިފޯނަކީ ވަރަށް ސްމާޓްފޯނެކެވެ. ކޮންމެ ފީޗާއެއް ވެސް ވަރަށް ފަރުވާތެރިކަމާއެކު ގާއިމުކޮށް ބޭނުންކުރާ މީހުންނަށް ދޫކޮށްލާފައި ހުންނައިރު، އެއަށް ވުރެ މޮޅަށް އެހެން ފޯނެއްގައި އެ ފީޗާ ނުހުންނާނެ އެވެ. މިވަގުތު މިހެން ބުނާނީ އެވެ.

އައިފޯން އޮޓޯކަރެކްޓްއަށް ބަދަލުތަކެއް ގެންނަނީ އެވެ. މިއީ ފަހަރެއްގައި ބޮޑު ފަސޭހައަކަށް ނުވަތަ އުނދަގުލަކަށް ވެސް ވެދާނެ ވެއެވެ. އޮޓޯކަރެކްޓް މިހާރު މަސައްކަތްކުރާ ގޮތުން ލިޔަަންއުޅޭ ބަހެއް ޓައިޕް ކުރަމުންދާއިރު ގުޅުން ހުރި ބަސްތައް ކުރިއާލައި އަންދާޒާކުރެ އެވެ. އަދި އެންމެ ގާތްކުރާ ބަސް މެސެޖް ސަފުހާގައި އޮޓަމެޓިކުން ލިޔެވެ އެވެ. ހާލަތުދިމާވާ ގޮތުން ލިޔަން ބޭނުންވި ބަސް ނޫން އެހެން ބަހެއް ޓައިޕް ކުރެވޭ ފަހަރު ވެސް އާދެ އެވެ.

އޮޓޯކަރެކްޓް ސްމާޓްވެގެން އަންނައިރު ކުށެއް ކަމަށް ފެންނަ ކޮންމެ ތަންކޮޅެއް ރަނގަޅު ކުރަން ކާޒާއިން ދައްކައިދެ އެވެ. އައިފޯނަށް މިބަދަލު އައުމުން ބޭނުންވާ މީހަކު އޮޓޯކަރެކްޓް ސްމާޓް ކުރާނީ އެވެ. އެނޫން މީހުން މިހާރު ތިބި ގޮތަށް ތިބޭނީ އެވެ. ފަހަރެއްގައި މިއީ އިޚްތިޔާރީ ފީޗާއަކަށް ވެދާނެ އެވެ. އަޕްޑޭޓް ލިބޭނެ ދުވަހެއް ނޭނގެ އެވެ. މަސައްކަތްތައް ދަނީ ކުރިއަށެވެ.