ރޭޕް

ރޭޕްގެ ތުހުމަތުވި ދެމީހެއްގެ ބަންދަށް 5 ދުވަސް

މާލޭގައި އަންހެނަކު ރޭޕް ކުރި -- އިއްފަތް ފޭރުނު -- ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިދީފި އެވެ.

ހުކުރު ދުވަހުގެ ރޭ ފުލުހަށް ރިޕޯޓް ކުރި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ.

ހައްޔަރަށް ގެންދިން އެ ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން ރ. މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.