ދުނިޔެ

ލަންކާއަށް ސިންގަޕޫރު އެއާލައިންސް ފްލައިޓް އިތުރުކުރަނީ

ސިންގަޕޫރު އެއާލައިންސްއިން ސްރީ ލަންކާއަށް ހަފުތާއަކު އުދުހޭ ފްލައިޓްގެ އަދަދު ތިނަކުން ފަހަކަށް، އިތުރު ކުރާނެ ކަމަށް ބުނެފި އެވެ. ބުނަނީ އޮޕަރޭޓް ކުރާނީ އެއާބަސް 350 އާއި 900އެމްއެޗް މަތިންދާ ބޯޓްތައް ކަމަށެވެ. ކުރާނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ.

ސިންގަޕޫރު އެއާލައިންސްއިން ބުނީ ފްލައިޓް އިތުރު ކުރަނީ ޑިމާންޑަށާއި ހާލަތަށް ވެސް ބަލާފައި ކަމަށެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފްލައިޓްތައް މިވަރަށް އިތުރު ކުރުމުން 50 ޕަސެންޓް އޮޕަރޭޓް ކުރަން ފެށުނީ ކަމަށެވެ.

ލަންކާގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން އެއާލައިންތަކުން ވަނީ ފްލައިޓްތައް ހުއްޓާލާފަ އެވެ. އެހެން ނަމަވެސް، ވެކްސިން ޖަހަން ފަށައި ހާލަތު ވެސް ރަނގަޅުވާން ފެށުމާއެކު އެއާލައިންތަކުން ވެސް އަންނަނީ ލުއިދީ ފްލައިޓް އިތުރު ކުރަމުންނެެވެ.

ސިންގަޕޫރު އެއާލައިން ބޯޓުފަހަރުން ދަތުރުކުރާ ކޮންމެ ދަތުރުވެރިއަކަށް "އެސްއައިއޭ ކެއާ ކިޓް" އެއް ލިބޭނެ ކަމަށް އެއާލައިނުން ބުނެ އެވެ. އޭގައި ހިމެނޭ އައިޓަމްތަކަކީ، ފޭސް މާސްކަކާއި ހޭންޑް ސެނިޓައިޒާ އާއި ތަންތަން ފޮހެން ޚާއްސަ ރުމާލެއް އަދި ކޮންމެ ކޮއްތަކަށް ފަހު އެންޓި-ބެކްޓީރިއަލް ރުމާލެކެވެ.