ޓެކްނޯލޮޖީ

ބިންގް ސާޗް އެންޑްރޮއިޑަށް ބޮޑު އަޕްޑޭޓެއް

މައިކްރޮސޮފްޓް ބިންގް ސާޗް އެންޑްރޮއިޑް އެޕާ ބެހޭ ގޮތުން ފުރަތަމަ ބުނަން އޮތީ މިފަހަރު ގެނައި ބަދަލުތައް ލޮލަށް ރީތި ކަމެވެ. އެޕްލިކޭޝަނުން ހިފޭ ބޭނުމަށް ވުރެ ލޮލަށް ސިފަ ކުރަން ރީތިވުމަކީ ވެސް ފޯނުގައި އައިކަނެއް ބޭއްދުމުގެ ނިޔަތުގައި އިންސްޓޯލް ކުރެވޭ ކަމެެެކެވެ.

އާންމުންގެ މެދުގައި ދެވަނައަށް އެންމެ މަގުބޫލް މޮބައިލް ސާޗް އިންޖީނަކީ ބިންގް އެވެ. އެއްވަނައާބެހޭ ގޮތުން އަހާނެ ކަމެއް ވެސް ނެތެވެ. އެއީ ދެން ގޫގުލް އެވެ.

އެންޑްރޮއިޑް އަދި އެޕަލްގެ އައިއޯއެސް ޑިވައިސްތައް މައިކްރޮސޮފްޓުން އަޕްޑޭޓްު ކުރަނީ ބަހާލައިގެނެވެ. ބައެއް ފަހަރު އެންޑްރޮއިޑަށް މާފަސޭހަ ގޮތްތައް ލިއްބައިދެ އެވެ. އެންޑްރޮއިޑްގައި ނެތް ފަސޭހަތައް އައިއޯއެސް އެޕްތަކަށް ލިއްބައިދެ އެވެ.

މައިކްރޮސޮފްޓް ބިންގް އެންޑްރޮއިޑް އެޕްލިކޭޝަނަށް އެންމެ ފަހުން ގެނައި ބަދަލުތަކާއެކު މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވެން އެބަ ހުއްޓެވެ.

ބިންގް ވެސް ކުރެވެނީ އެހެން ސާޗް އިންޖީންތަކުން ކުރެވޭ ކަންކަމެވެ. ބަލަން ބޭނުންނުވި ނަމަވެސް މޫސުން ބެލުމާއި ޚަބަރު ސުރުހީތައް ކޮޅުކޮޅަށް ދުވުމެވެ. އެމީހަކު އިންޓަނެޓް ބްރައުޒްކުރާ އާދައަށް ބަލައި ފަސޭހަވާނެހެން ހީވާ ލިންކްތައް އިޚުތިޔާރު ކޮށްދެ އެވެ.

ބިންގް މޮބައިލް ހުޅުވާލާއިރު ހޯމް ޕޭޖުން ކޮންމެވެސް ވަރަކަށް ހުއްޓުން އަރަ އެވެ. އެކަމަކު މިހެން ވަނީ ފުރަތަމަ ފަހަރެވެ. އެޕްލިކޭޝަންގެ ލޭއައުޓް ރީއްޗެވެ. ބޭނުންކުރަން ފަސޭހަ އެވެ. މައިކްރޮސޮފްޓުން އުފައްދާ އެހެން އެޕްތަކާއި ސާވިސްތައް ފަސޭހަކަމާއެކު އަތުޖެހެން ވެސް ހުރެ އެވެ.