ހއ. ހޯރަފުށި

ހޯރަފުށީގައި ރުކަކުން ވެއްޓުނު މީހަކަށް ބޮޑު އަނިޔާއެއް

Apr 18, 2021

ހއ. ހޯރަފުށީގައި ރުކަކުން ވެއްޓުނު މީހަކަށް ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.

މިއަދު ހިނގި މިހާދިސާގައި އަނިޔާ ލިބިފައިވަނީ ހޯރަފުށި، ސަންރޭ، ހަސަން ރަޝީދު (24 އ) އެވެ.

ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ހަސަން، ރުކަށް އަރައިގެން އުޅެނިކޮށް ވެއްޓި ޖެހުނީ ރުކާ ދިމާލުގައި ހުރި ފުޅަފެއްގެ މައްޗަށް ކަަމަށެވެ.

މިކަމާ ގުޅިގެން ހަސަންގެ ވައަތު ފައިގެ ފަލަމަސްގަނޑާ ދިމާލުން ވަރަށް ފުންކޮށް ލަކުޑިގަނޑެއް ފަޔަށް ވަދެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ހަސަން އަށް ލިބުނު އަނިޔާއާއި ގުޅިގެން ފަޔަށް ވަދެފައިވާ ލަކުޑިގަނޑު ނެގުމަށް އޭނާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ހޮސްޕިޓަލްގެ ތިއޭޓަރުގައި ގެންދަނީ ފަރުވާ ދެމުންނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

ރާއްޖޭގައި ރުކުން ވެއްޓި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު އެފަދަ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ބައެއް މީހުން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވެ އެވެ.