ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާގައި މިއަދު ކޮވިޝީލްޑް ދެވަނަ ޑޯޒް

ސްރީ ލަންކާގައި ކޮވިޝީލް ދެވަނަ ޑޯޒް މިއަދު ޖަހަން ފަށާނެ އެވެ. ލަންކާގެ އެޕިޑިމިއޮލޮޖީ ޔުނިޓްގެ ވެރިޔާ ޑރ. ސުދާތު ސަމަރަވީރާ ލަންކާ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 923،242 ކޮވިޝީލްޑް ޑޯޒް ދެވިއްޖެ ކަމަށާއި މިހާރު ބާކީ ހުރީ 355،000 ޑޯޒް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަހަރު ކުރީކޮޅު ލަންކާއަށް 1.2 މިލިއަން ކޯވިޝީލްޑް ޑޯޒް ލިބުނު ކަމަށާއި މީގެ ތެރޭގައި ކޯވެކްސް ފެސިލިޓީން ލިބުނު ޑޯޒް ވެސް ހިމެނޭ ކަމަށެވެ.

ޗައިނާގެ ސައިނޯފާމް ވެކްސިން ލިބިފައި ހުރި ނަމަވެސް އާންމުން ދޭން ގައިޑްލައިނެއް އަދި ހަމަނުޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިވެކްސިން މިހާރު ދެނީ ލަންކާގައި މަސައްކަތްކުރާ ޗައިނާ މީހުނަށެވެ.

ލަންކާގައި ކޮވިޝީލްޑް ދެވަނަ ޑޯޒް މަގަތު ސަފުގައި މަސައްކަތްކުރާ އޮފިޝަލުން ވަނީ ދީފަ އެވެ. މިއަދު އާންމުކޮށް ދެވަނަ ޑޯޒް ދޭން ފަށާއިރު ދަރަޖަކޮށްފައި ވާގޮތް އަދި އިސްކަން ދޭ ތަރުތީބަކީ ކޮބައިކަމެއް ނޭނގެ އެވެ. އާންމުންނަށް ހުޅުވާލައިގެން ދެވަނަ ޑޯޒް ދޭން ފަށާ ދުވަހަކީ މިމަހު 23 ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

ލަންކާއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ލަންކާއިން ކުރިން ބުނެފައިވާ ގޮތުން ރަޝިއާގެ ސްޕުޓްނިކް ވެކްސިން އަދި ފައިޒާ-ބަޔޮންޓެކް ވެކްސިން ވެސް ހޯދާނެ އެވެ. މިކަމަށްޓަކައި ބޭނުންވާ އިދާރީ މަސައްކަތްތައް ފެށިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ލަންކާގައި ރިޒާވްގައި ހުރި ވެކްސިންގެ ތަފުސީލް ނޫސްތަކާ ހިސާބުން ތަފުސީލްވާ ގޮތެއް ނުވެ އެވެ.