މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް ކޯޓަށް ހާޒިރު ނުވެގެން އިއުލާނުކޮށްފި

ސިވިލް ކޯޓު -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ސިވިލް ކޯޓަށް ހާޒިރު ނުވެގެން އެ ކޯޓުން އިއުލާނެއް ކޮށްފި އެވެ.

ސިވިލް ކޯޓުން ބުނީ މާލެ ސިޓީ ކައުންސިލް ކޯޓަށް ހާޒިރު ކުރަނީ މިލްކުވެރިކަމާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. މިއީ ސެޕްޓެމްބަރު 23، 2020 ގައި އަމިއްލަ ފަރުދަކު ސިވިލް ކޯޓަށް ހުށަހެޅި މިލްކުވެރިކަމާ ގުޅޭ މައްސަލަ އެކެވެ.

ސިޓީ ކައުންސިލް ތަމްސީލު ކުރާނެ ފަރާތެއް ކޯޓަށް ހާޒިރުވެފައި ނުވާތީ ސިވިލް ކޯޓުން އިއުލާނު ކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ އިއުލާނުގައި ބުނީ މިމަހުގެ 21 ވަނަ ދުވަހަށް ސިޓީ ކައުންސިލުން ކޯޓަށް ހާޒިރު ވާން ޖެހޭނެ ކަމަށެވެ. އަދި ހާޒިރު ނުވެއްޖެ ނަމަ ޣައިރުހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345