ޓެކްނޯލޮޖީ

ގޫގުލްއިން ފިޓްބިޓް ލަކްސް ޓްރެކާ އެނައުންސްކޮށްފި

ގޫގުލްއިން ފިޓްބިޓް ގަތް ފަހުން މޮޅު އަދި އެހައި ރީތި އުފެއްދުމެއް އަދި ކިރިޔާ ފެންނަވަރު މިވީ އެވެ. މިއީ ފިޓްބިޓް ލަކްސް ޓްރެކާ އެވެ. މާކެޓް ކުރަނީ ހަމަ ފިޓްބިޓް ބްރޭންޑް ނަމުގަ އެވެ.

ފިޓްބިޓް ލަކްސް ޓްރެކާގެ އަމާޒަކީ ދުޅަހެޔޮ ސިއްހަތެކެވެ. އެކަމަކު ވެސް ފެޝަނާއި ޑިޒައިން ވެސް މީގެ ތެރެއަށް މިވަނީ ވަރަށް ބޮޑަށް ވައްދާފަ އެވެ. ބަލައިލަން ވެސް އެހާ ރީތީ އެހެންވެ އެވެ.

ފިޓްނެސް ޓްރެކާއެއްގައި މިހާރު ހުރުންް ލާޒިމް ފީޗާއަކީ ސްޓްރެސް މެނޭޖް ކުރުމެވެ. ދުޅަހެޔޮ ނިދުމެއް މޮނީޓާ ކުރުމެވެ. އަދި ވެސް މިނޫން އިތުރު ފީޗާތައް ހުރީ ހިމަނާފަ އެވެ.

ގޫގުލްއިން ފިޓްބިޓް ޓެކްނޮލޮޖީ ތައާރުފު ކުރުމުން ދެން މީހަކު ކުރާނެ ސުވާލެއް ނޯންނާނެ އެވެ. މިއީ ސްމާޓް ގަޑިތަކަށް ދޫނުކުރާ ވަރަށް އަދި އެއަށް ވުރެ ވެސް އިތުރު ފީޗާތަކާއެކު ސިއްހަތަށް އަޅާލާ މީހުންނަށް އަމާުޒުކޮށް މާކެޓަށް ނެރޭ ވިޔަފާރި އުފެއްދުމެކެވެ. އަގަކީ 149.95 ޑޮލަރެވެ. ރާއްޖެއަށް ގެންނަންވީމާ ޝިޕިން ޗާޖު ހިމަނަން ޖެހޭނެ އެވެ.