އެޑްވަޓޯރިއަލް

ސްލިމް ފިޓިން: އަކްފިކްސް ބްރޭންޑްގެ އާ ޕްރޮޑަކްޓެއް

ޗާންދަލިޔާގެ ހާޑްވެއާ ސާމާނު ވިއްކާ ސްލިމް ފިޓިން އިން ތައާރަފްކޮށްފައިވާ "އަކްފިކްސް" ބްރޭންޑްގެ އާ ޕްރޮޑަކްޓެއް މާކެޓަށް ނެރެފި އެވެ.

އަކްފިކްސް އޭ40 އަކީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭގެ އަސަރު ފެންނަ އެހާމެ ވަރުގަދަ ސްޕްރޭ އެކެވެ. މި ސްޕްރޭ ބޭނުން ކުރަނީ ދަގަނޑު ސާމާނު ސާފުކޮށް، ރައްކާތެރި ކުރުމަށެވެ. ވަޑާން ކުރުމަށާއި ގޭތެރޭގައި ގެންގުޅޭ ދަގަނޑު ސާމާނާއި އުޅަނދު ފަހަރު ސާފުކުރުމަށް އަކްފިކްސް އޭ40 އަކީ އެންމެ ރަނގަޅު ޕްރޮޑަކްޓެވެ. ބޭނުން ނުކޮށް ގިނަ ދުވަސް ވުމުން ބާރުވެފައި ހުންނަ ތަކެތި ދޫކޮށްލުމަށާއި، ދަގަނޑުގައި ޖަހާފައި ހުންނަ ދަބަރު ފިލުވައިލުމަށްވެސް އަކްފިކްސް އޭ40 ބޭނުންކޮށްލެވިދާނެ އެވެ.

ކޮންމެ ކަހަލަ އުޅަނދެއްވެސް ސާފުކޮށްލަން އަކްފިކްސް އޭ40 ފުދޭނެ އެވެ. ދަބަރު ފިލުވުމަށާއި ދަބަރުން ރައްކާތެރި ކޮށްދިނުމަށާއި ލްބްރިކެންޓެއްގެ ގޮތުގައިވެސް މިއީ ބޭނުން ކުރެވޭނެ ޕްރޮޑަކްޓެކެވެ.

އަކްފިކްސްއަކީ ޔޫރަޕްގެ ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ބްރޭންޑެކެވެ. ދެހާސް އެއްވަނަ ވަނަ އަހަރު އުފެއްދި މި ބްރޭންޑުގައި އީކޯ-ފްރެންޑްލީ ކެމިކަލް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ބާވަތްތައް ހިމެނެ އެވެ. އަދި މިއީ ރާއްޖޭގައި ވެސް މަގުބޫލުކަން ހޯދަމުން އަންނަ އިތުބާރު ބޮޑު ބްރޭންޑެކެވެ.

އަކްފިކްސް އިން ރާއްޖެއަށް ތައާރަފްކުރި ޕްރޮޑަކްޓްސްގެ ތެރޭގައި އެދޭސިވް، ތެރެސް، ސީލެންޓްސް، ސިލިކޯން، ޕީޔޫ ފޯމްސް، ޓެކްނިކަލް އެރޯސަލްސް، ވޯޓާޕްރޫފް ކުރުމަށް ބޭނުންކުރާ ކެމިކަލާއި، އިންސިއުލޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލް އާއި، ފޯމް، އޮޓޯމޯޓިވް އާފްޓާ ކެއާ ޕްރޮޑަކްޓްސްގެ އިތުރުން ސްޕްރޭ ޕެއިންޓް ހިމެނެ އެވެ.

އަކްފިކްސް އަކީ އިމާރާތްކުރުމާއި ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބްރޭންޑެކެވެ.

މީގެ އިތުރުން ކްރާފްޓް މަސައްކަތް ކުރާ ފަރާތްތަކަށާއި، ލަކުޑީގެ މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ތެރަސް ސްލިމް ފިޓްގައި މިހާރު ލިބެން އެބަހުއްޓެވެ.

ސްލިމް ފިޓިން އަކީ ދުނިޔޭގައި މަޝްހޫރު އެތައް ބްރޭންޑެއްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އެވެ. އެގޮތުން ސްލިމް ބްރޭންޑްގެ ހޮޅިއާާއި ފިޓިންގްސްގެ އިތުރުން ޖަރުމަނުގެ ޕަވަޓޫލްސް އަދި ހޭންޑް ޓޫލްސް އަށް ހާއްސަ ރޮނިކްސް ބްރޭންޑް، ޖަރުމަނުގެ ޝަވަރާއި އިސްކުރަށް ހާއްސަ ޑީއެންޑްކޭ ބްރޭންޑް އަދި ލެޑް ލައިޓަށް ހާއްސަ ކެއު ބްރޭންޑް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އެ ނޫންވެސް ގިނަ ބްރޭންޑެއްގެ ޕްރޮޑަކްޓް ހޯލްސޭލް އަދި ރީޓޭލްކޮށް ސްލިމް ފިޓިން އިން ލިބެން ހުރެ އެވެ.