އަހުމަދު މުއުތަޝިމް އަދުނާން

އުއްތަމަ ފަނޑިޔާރުގެ މަންމަ އަވަހާރަވެއްޖެ

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ މަންމަ، މ. ގުލްފާމުގެ، ނަސީމާ އިބްރާހީމް އަވަހާރަވެއްޖެ އެވެ.

އެކަމަނާ މިރޭ 10:30 ހާއިރު އަވަހާރަވިއިރު އުމުރުފުޅަކީ 81 އަހަރެވެ.

އަވަހާރަވީ އަންގާރަ ދުވަހު އައިޖީއެމްއެޗްގައި އޮޕަރޭޝަނެއް ވެސް ކުރެވި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.

އާލާސްކަންފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމާއި، ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާނާއި އެކު ނަސިމާގެ ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.

އެކަމަނާ އަކީ ކުރީގެ ބަންޑާރަނައިބް އަދި ފަހުން އެޑިޔުކޭޝަން މިނިސްޓަރު ކަންވެސް ކުރެއްވެވި އަލްމަރުހޫމް އަދުނާން ހުސައިންގެ ހުވަފަތް އަނބިކަނބަލުންނެވެ.