ރާއްޖެ ކުޅިވަރު

ގައުމީ ބާސްކެޓް ކޯޗަކަށް ފަޔާޒް

ގައުމީ ފިރިހެން ބާސްކެޓް ކޯޗަކަށް ރެޑްލައިނުގެ ކޯޗު އަހުމަދު ފަޔާޒް ހަމަޖައްސައި ސްކޮށް އިއުލާނުކޮށްފި އެވެ.

ޖުމުލަ 32 ކުޅުންތެރިންގެ ސްކޮޑުގައި އެންމެ ގިނައިން ހިމެނެނީ ހަރިކޭންގެ ކުޅުންތެރިންނެވެ. އެ ކުލަބުން ނުވަ ކުޅުންތެރިން ގައުމީ ސްކޮޑަށް ނަގާފައިވާއިރު ޓީރެކްސްއިން އާއި ރެޑްލައިންކުރެ ކޮންމެ ކުލަބަކުން ނަގާފައިވަނި ހަތް ކުޅުންތެރިންނެވެ. ދިވެހި ސިފައިންގެ ކުލަބުން ތިން ކުޅުންތެރިން ހިމަނާފައިވާއިރު ޔޫއެން ފެރެންޑްސްއިން ހަތަރު ކުޅުންތެރިން އަދި ސްޓްރިންގާސް އާއި ދަ ބޯއީސް ކުލަބުން ނަގާފައިވަނީ އެންމެ ކުޅުންތެރިއެކެވެ.

އަންނަ މަހު އޮންނަ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޓީމުގެ ކޯޗަކަސް ފަޔާޒް ހަމަޖެއްސިއިރު އޭނާގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ޔޫއެން ފްރެންޑްސްގެ މުހައްމަދު ވަހީދެވެ. މެނޭޖަރަކީ ޓީރެކްސްގެ އަހުމަދު އާތިފެވެ.