ޓޫރިޒަމް

ރާއްޖޭގައި ރިޗަޑް ކްއެސްޓުގެ ޕްރޮގްރާމެއް ނަގައިފި

Apr 21, 2021

ސީއެންއެންގެ ރިޗަޑް ކްއެސްޓް ޓްރެވަލް ޝޯއެއް ކަމަށްވާ "ކުއެސްޓް ވޯލްޑް އޮފް ވޮންޑާ" ރާއްޖޭގައި ނަގައިފި އެވެ.

ސީއެންއެން އިން ބުނި ގޮތުގައި މާދަމާ ރާއްޖޭގެ ގަޑިން ހެނދުނު 10:30 ގައި ސީއެންއެން ދައްކާ އެ ޝޯވްގެ ފުރަތަމަ މަންޒަރު ނަގާފައިވަނީ ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް ކަމަށްވާ ކުރުނބާ މޯލްޑިވްސްގަ އެވެ.

ރިޗަޑް ކުއެސްޓް މި ޝޯވް ނަގަން ރާއްޖޭގައި ހޭދަ ކުރި މުއްދަތުގައި ރާއްޖޭގެ ބައެއް ފަރާތްތަކާ ބައްދަލު ވެސް ކޮށްފައި ވެއެވެ. އޭނާ ބައްދަލު ކުރި ފަރާތްތަކުގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ވެސް ހިމެނެ އެވެ.

ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ޓޫރިޒަމްގެ ހާއްސަ ސިފަތައް ފެނިގެންދާ މި ޕްރޮގްރާމުގެ ބައިތަކެއް ރީތި ބީޗް ރިސޯޓުގައި ވެސް ނަގާފައިވެ އެވެ. މި ޝޯވްގައި ރާއްޖޭގެ ފުރަތަމަ ޕަޑީ ކޯސް ޑިރެކްޓަރު ކަމަށްވާ ހުސެއިން ރަޝީދު (ސެންޑީ) ވެސް ބައިވެރިވެފައި ވެއެވެ.

ކުއެސްޓް ވޯލްޑް އޮފް ވޮންޑާގެ ނަމުގައި ދައްކާ މި ޝޯވްގެ ޓްރެއިލާ މިހާރު ދަނީ ސީއެންއެން އިން ދައްކަމުންނެވެ.