އެލައިޑް އިންޝުއަރެންސް

އެލައިޑުން ބިދޭސީންގެ ބޭސްފަރުވާއަށް ހާއްސަ ޕްލޭނެއް

އެލައިޑް އިންޝިއުރަންސް އިން ބިދޭސީންގެ ބޭސްފަރުވާއަށް ހާއްސަ ކޮށްގެން "އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުރެންސް ޕްލޭން" ގެ ނަމުގައި ޕްލޭނެއް ތައާރަފް ކޮށްފި އެވެ.

މި އިންޝުރެންސް ޕްލޭނަކީ ބިދޭސީންނަށް ހާއްސަ ޕްލޭންތަކަށް ވުރެ އަގު ހެޔޮ އަދި ސިއްހީ ބޭނުންތަކަށް ހާއްސަ ގިނަ ކަވަރޭޖް ލިއްބައިދޭ ކޭޝްލެސް ޕްލޭނެކެވެ. އެކްސްޕެޓްރިއޭޓް ޕްލަސް އިންޝުރެންސް ޕްލޭން ފަރުމާކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ މިންތަކަށް ފެތޭ ގޮތަށެވެ.

މި އިންޝުރެންސްގެ ދަށުން އެޑްމިޓްކޮށްގެން އަދި އެޑްމިޓް ނުކޮށް ދެވޭ ފަރުވާތަކާއި ސާޖަރީއެއް ނުވަތަ ޓެސްޓެއް ހަދަން ޖެހިއްޖެނަމަ އެކަމަށް ހޭދަވާ ފައިސާގެ އިތުރުން ބޭސް ނަގަންޖެހޭ ހާލަތްތަކުގައި ބޭސް ސިޓީގެ ހަރަދު ހިމެނެ އެވެ. މި ޕްލޭނުގައި ސިއްހީ ފަރުވާއެއް ހޯދުމަށް އެކަމަށް ހޭދަވާ ޖުމްލަ ފައިސާ ވަގުތުން ދައްކާކަށް ނުޖެހޭނެއެވެ.

ބިދޭސީ މަސައްކަތްތެރިޔާ މަރުވެއްޖެ ހާލަތެއްގައި ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމަށް ދާ ހަރަދު ނުވަތަ ރާއްޖޭގައި ވަޅުލުމުގެ ހަރަދުވެސް މި އިންޝުރެންސް ޕްލޭނުގެ ދަށުން ކަވާ ކޮށްދެ އެވެ. މި ޕްލޭނުގެ އަގަކީ އަހަރަކަށް 800 ރުފިޔާ އެވެ.

އެލައިޑުގެ މޮބައިލް އެޕްލިކޭޝަނުންނާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް މި ޕްލޭން ނެގޭނެ އެވެ. އެލައިޑުން ބުނާ ގޮތުގައި މިއީ ޖީބަށް ލުއިވެފައި ސިކުނޑިއަށް ވެސް ލުއި ޕްލޭނެކެވެ.

މިޕްލޭން ނަގަން އެލައިޑުގެ ހިލޭ ގުޅޭ ނަމްބަރު 1600 ގުޅޭނެ އެވެ. މީގެ އިތުރުން އެލައިޑް ނުވަތަ އަޔާދީ ކަސްޓަމާ ފްރަންޓް އޮފީސްތަކުން ވެސް މި ޕްލޭން ނެގޭނެ އެވެ.