ހަބަރު

ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަހެއް ނާޅާނެ: ނަވާޒު

މީޑިއާ ހައުސް ތަކާއި ނޫސްވެރިންގެ މަސައްކަތަށް ދަތިވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ ފުލުހުންނަށް ފާޑު ކިޔުން އަމާޒުކުރާތީ ހިތާމަ ކުރާ ކަމަށާއި ނޫސްވެރިންގެ މަސައްކަތްތަކަށް ފުލުހުން ހުރަސް ނާޅާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަވްދުﷲ ނަވާޒު ރޭ ވިދާޅުވީ ފުރުސަތު ދެވެން އޮތް މިންވަރަކަކަށް އަބަދުވެސް ނޫސްވެރިންނަށް ފުރުސަތު ދޭނެ ކަމަށާއި ފުލުހުން ވަކި ސަރަހައްދެއް ބަންދުކޮށް ހަރަކާތްތެރިވާ ވަގުތެއްގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާނަމަ އެއީ ކޮންމެ ފަރާތެއް ނަމަވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަވާޒު ވިދާޅުވީ ފުލުހުންގެ އިދާރާ ހިންގުމާއި މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފާއި ފުލުހުންގެ އިސްވެރިން މަސައްކަތް ކުރަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށާއި ހުރި މައްސަލަތަކުގަ އާއި ފުލުހުންގެ އިދާރާ ހަރުދަނާ ކުރަން އެކިއެކި ފަރާތްތަކުން ބޭނުންވާ ކަންކަން ފުލުހުންނާ ހިއްސާކުުރުމުން ފުލުހުންގެ ތެރެއިން އެކަންކަން ބަލައި އިސްލާހުކުރާނެ ކަމަށެވެ.

"ފުލުހުންނާ ގުޅޭ މިނިވަން މުއައްސަސާތަކަށް ވެސް ފުލުހުންގެ މައްސަލަތައް ހުށަހަޅައިގެން ފުލުހުންގެ އިދާރާ މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ބޭނުންވާނަމަ އެ މަގުންވެސް މަސައްކަތް ކޮށްދެވޭ،" ނަވާޒު ވިދާޅުވި އެވެ.