ރާއްޖޭގެ މިސްކިތްތަކުގެ މުދިމުންގެ ހާޒިރީ ބަލަން މިސްކިތުގައި ފިންގަ ޕްރިންޓް މެޝިން ބަަހައްޓައިދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުންގެ ހާޒިރީ ބެލެހެއްޓުމަށް މިސްކިތްތަކުގައި ފިންގަ ޕްރިންޓް ރީޑާ ބަހައްޓައި ނެޓްވާކް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިސްކިތްތެއްގައި ބަންގި ގޮވާ މުދިމުންގެ ހާޒިރީ ބަލަން ފިންގް ޕްރިންޓް ޖަހައި ރަޖިސްޓްރީ ކުރަން ބޭނުންކުރާ މެޝިންތަކެއް ބަހައްޓަން އިއުލާނުކުރިއިރު، ބައެއް މިސްކިތްތަކުގައި މަސައްކަތްކުރާ މުދިމުން ގަޑި ޖެހުމުގެ ސަބަބުން ބައެއް ފަހަރު އާއްމުން ޝަކުވާކުރެ އެވެ. އަދި ބައެއް މިސްކިތްތަކުގައި މުދިމުން ގަޑިޖެހުމުގެ ސަބަބުން މިސްކިތަށް ދާ އެހެން މީހުންނަށް ބަންގި ގޮވަން ޖެހެ އެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ މިސްކިތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި އަޅާ 10 މިސްކިތުގެ ތެރެއިން ތިން މިސްކިތެއް އަޅައިދޭން ކޮންޓްރެކްޓުގައި ވަނީ ސޮއިކޮށްފަ އެވެ. މި މަޝްރޫއުގެ އަގު 24 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.