ހަބަރު

ޕާކިސްތާން މަސައްކަތް ކުރާނީ ރާއްޖެއާ ވަރަށް ގާތުން: ހައި ކޮމިޝަނާ

ރާއްޖެއަށް އެހީތެރިކަންބޭނުވާ ދާއިރާތައް ހޯދައި އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށާއި ޕާކިސްތާން މަސައްކަތްކުރާނީ ރާއްޖެއާ ވަރަށް ގާތުން ކަމަށް އެގައުމުގެ އާ ހައި ކޮމިޝަނަރު ސައިދު ހުރްވާ ވިދާޅުވެއްޖެ އެވެ.

ހައި ކޮމިޝަނާ މިއަދު ވަނީ މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރާއްޖެއާ ޕާކިސްތާނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާ ކޮށް، ދެގައުމުން އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ހައި ކޮމިޝަނާ ސައިދު ވަނީ ރާއްޖެއާ ގުޅިގެން ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަން މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން މިހާރަށްވުރެވެސް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައީދު ވަނީ މިއަދު ހެނދުނު ރައީސް އަބްދުﷲ ޔާމީން އާ ވެސް ބައްދަލުކުރައްވާފަ އެވެ.