އިސްލާމިކް މިނިސްޓްރީ

ޒިކުރާ ބިމުގައި އެޅި ވަގުތީ މިސްކިތް ހުޅުވައިފި

މާލޭގެ މަޖީދީ މަގުގައި ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި ހަދާފައިވާ ވަގުތީ މިސްކިތް ހުކުރު ނަމާދަށް ހުޅުވައިފި އެވެ.

އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އެ މިނިސްޓްރީން ބުނީ ހަތް ދުވަހުގެ މަސައްކަތުން ނިންމާލެވުނު ވަގުތީ މިސްކިތުގައި އެއް ފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރީ ރޯދަ މަހުގެ ފުރަތަމަ ދުވަހު ވަގުތީ މިސްކިތް ބޭނުން ކުރަން ފެށޭވަރަށް މަސައްކަތް ކުރިއަށް ގެންދާށެވެ. ނަމަވެސް ވަގުތީ މިސްކިތް ހަދަން ޒިކުރާ މިސްކިތް ހުރި ސަރަހައްދު ކޮންނަމުން ދަނިކޮށް ބައެއް ތަކެތި ފެނުމާއި ގުޅިގެން މަސައްކަތް ލަސްވީއެވެ.

ޒިކުރާ ބިމުގައި ވަގުތީ މިސްކިތެއް ހެދީ ސިވެކް ކުންފުންޏާ ހަވާލުކޮށްގެނެވެ.