ޓެކްނޯލޮޖީ

ގޫގުލް މެޕްސްއިން ދެން މަގުދައްކާނީ ތެލުގެ ހަރަދަށް ބަލައިގެން

ގޫގުލް މެޕްސްއިން މަގު ދައްކާ ގޮތް ދެން ބަދަލު ވެދާނެ އެވެ. އަހަރު ފަހުކޮޅަށް ހުރި އަޕްޑޭޓްތަކުން މި ބަދަލު ފެންނާނެ އެވެ. ގޫގުލް މެޕްސްއިން ޑިފޯލްޓްކޮށް މިހާރު މަގު ދައްކަނީ، އެއް ޕޮއިންޓުން އަނެއް ޕޮއިންޓަށް ދެވެން އޮންނަ އެންމެ ގާތް ގޮތެވެ. އެހެން ނަމަވެސް މިބުނި އަޕްޑޭޭޓަށް ފަހު ދެން މަގު ދައްކާނީ އެންމެ ތެޔޮ ޚަރަދު ކުޑަ ގޮތެކެވެ.

މިއީ ގޫގުލް މެޕްސްގައި ހިމަނާ އިޚުތިޔާރީ ފީޗާއެކެވެ. މާނައަކީ ގޫގުލް މެޕްސް މިހާރު ބޭނުންކުރާ ގޮތަށް ބަދަލު ކުރަން އެދޭ މީހަކަށް އެކަން ކުރެވެނެ އެވެ. އަދި ގައުމުތަކަށް ބަލައިގެން ވެސް މިފީޗާ ޖައްސައި، ކަނޑާލެވޭނެ އެވެ. ތެޔޮ އަންދަންޖެހޭ ވަރު ބަލައިގެން މަގު ދެއްކެން ނެތް ސަރަހައްދެއްގައި ނަމަ އޮޓަމެޓިކުން މިފީޗާ ކަނޑާލައި ދޭނެ އެވެ.

ގޫގުލުން މީގެ ކުރިން ބުނި ގޮތުން 2030 ލައިގަތުމުގެ ކުރިން ކާބަން ފްރީ ކުންފުންޏަކަަށް ވާނެ އެވެ. މާނައަކީ ޕެޓްރޯލާއި ޑީސަލް އަންދަންޖެހޭ މިންވަރު ތިމާވެއްޓާ ރައްޓެހި މިންވަރަށް ދަށް ކުރާނެ އެވެ. ގޫގުލް އެޕްލިކޭޝަންތަކުން މިފެންނަނީ ވެސް އޭގެ ބޮޅެކެވެ.

އެމެރިކާއިން އިސްވެ ބޭއްވި ކްލައިމެޓް ސަމިޓަކީ ވެސް ދުނިޔެ ކާބަން ފްރީ ކުރުމަށް ބޭއްވި ސަމިޓެކެވެ. ގޫގުލްގެ މި ބަދަލަކީ ބެލެވޭ ގޮތުގައި އެމެރިކާ ސަރުކާރަށް ކޮށްލި އިޝާރާތެކެވެ.